Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ޕަބްލޯ އެސްކޮބާގެ ޕާޓްނަރު ޖަލުން މިނިވަންވެއްޖެ

މިހާތަނަށް ދުނިޔެ ދެކުނު އެންމެ ނުރައްކާތެރި މަސްތުވާތަކެތީގެ ވިޔަފާރި ކުރި އެކަކު ކަމުގައިވާ ކޮލަމްބިއާގެ ޕަބްލޯ އެސްކޮބާގެ ޕާޓްނަރު ކާލޯސް ލީޑާ ޖަލުން މިނިވަން ވެއްޖެއެވެ.
ކާލޯސް އަކީ އެސްކޮބާ އާއި އެކު މެޑެލިން ކާޓެލް އުފެއްދި މީހާއެވެ. ކާލޯސް އެމެރިކާގެ ޖަލަކުން މިނިވަންވިއިރު މިހާރު އުމުރުން 70 އަހަރުވެއްޖެއެވެ. ކާލޯސް ހައްޔަރު ކުރެވުނީ 1987 ވަނަ އަހަރުގައެވެ. އޭނާ އެމެރިކާއަށް ގެންގޮސް އުމުރު ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. ނަމަވެސް އޭނާގެ ހުކުމުގެ މުއްދަތު ކުރު ކުރަން ނިންމާފައިވަނީ، ތަހުގީގީ އިދާރާތަކަށް އެއްބާރުލުން ދޭން ނިންމުމާއި ގުޅިގެންނެވެ.
ކާލޯސް އަކީ ޖަރުމަން ރައްޔިތުކަންވެސް އޮންނަ އެއްފަޅި ޖަރުމަން މީހެކެވެ. އޭނާ ޖަލުން މިނިވަންވެ އުޅެން ހަމަޖެހިފައިވަނީ ޖަރުމަންވިލާތުގައި ކަމަށްވެއެވެ. ކާލޯސްގެ ހުކުމުގެ މުއްދަތު ކުރުކޮށްދިނީ ކޯޓުގައި ޕެނަމާގެ ކުރީގެ ލީޑަރު މަނުއެލް ނޮރިއެގާ އާއި ދެކޮޅަށް ހެކިބަސް ދިނުމުންނެވެ.
ކާލޯސް ގެ ބައްޕަ އަކީ ޖަރުމަނުން ކޮލަމްބިއާއަށް ހިޖުރަކުރި މީހެކެވެ. އޭނާ މީގެ ކުރިން ދުވަހަކުވެސް ޖަރުމަނަށް ނުދާކަމަށްވެއެެވެ. ކާލޯސް މިހާރު ޖަރުމަނަށް ގޮސްފައިވާއިރު އޭނާ ދަނީ ކެންސަރާއިވެސް ހަނގުރާމަކުރަމުން ކަމަށްވެއެވެ.
މެޑެލިން ކާޓެލް އަކީ އެއް އިރެއްގައި ވަރަށް ނުރައްކާތެރި ގޭންގެކެވެ. އަދި 1970 އާއި 1980 ގެ އަހަރުތަކުގެ ތެރޭގައި އެމެރިކާގައި ބޭނުން ކުރަމުން ދިޔަ 80 އިންސައްތަ ކޮކެއިން ސަޕްލައިކޮށްދީފައި ވަނީ މެޑެލިން ކާޓެލް އިންނެވެ.
މި ލިއުމާއި ގުޅޭ