ކޮރޯނާ ވައިރަސް ޖެހޭ މީހުންގެ ޢަދަދު އިތުރުވެ ބެއިޖިންގައި އަލުން ހަރުކަށި ފިޔަވަޅު އަޅައިފި

އާމިނަތު ޝިމާ 15 ޖޫން 2020 10:46
Flowers
ޗައިނާގެ ވެރިރަށް ބެއިޖިން / ފޮޓޯ: އެސޯސިއޭޓެޑް ޕްރެސް

ޗައިނާއިން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވާން ފެށުމާއެކު އެޤައުމުގެ ވެރިރަށް ޗައިނާގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރަން ނިންމައިފިއެވެ. 

ބެއިޖިންއިން އަލަށް ފެނުނު ކޭސްތަކުގެ ތެރެއިން 36 މީހަކީ ޗައިނާގެ ގިނަ ސަރަހައްދުތަކަށް ތަރުކާރީއާއި މަސް ފޯރުކޮށްދޭ ބާޒާރަކާ ގުޅުން ހުރި މީހުންނެވެ. 

އަދި އިއްޔެ ފެނުނު އިތުރު ކޭސްތަކަކީ ޤައުމުން ބޭރުން އެތެރެވެފައިވާ ކޭސްތަކެއް ކަމުގައި ޗައިނާއިން ބުނެފައިވެއެވެ. އަދި އިތުރު ތިން ކޭސް ފެނިފައިވަނީ ބެޖިންއިން ބޭރުގައި އޮންނަ ހެބެއި ޕްރޮވިންސުންނެވެ. ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނެފައިވަނީ މިވަގުތު ކޮވިޑް-19އަށް 177 މީހުންނަށް ފަރުވާ ލިބެމުންދާ ކަމުގައެވެ. އަދި 115 މީހަކު އެކަހެރިކޮށް ޢަލާމާތްތައް ފާޅުވޭތޯ ބެލުމަށް ބައިތިއްބާފައިވާ ކަމުގައިވެސް ބުނެފައިވެއެވެ. 

ޗައިނާއިން ކޮވިޑް-19 ޖެހުނު މީހުންގެ ޢަދަދަކީ 83،181 މީހުންނެވެ. އަދި މިބަލީގައި މަރުވެފައިވަނީ 4،634 މީހުން ކަމުގައިވެސް ޗައިނާއިން ބުނެފައިވެއެވެ. 

ފާއިތުވި ފަސް ދުވަސް ތެރޭގައި ޗައިނާގައި ކޮރޯނާ ވައިރަސް ޖެހި އެބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވެފައިވަނީ ފާއިތުވި ދެ މަސްތެރޭގައި އެންމެ ގިނަ މިންވަރަށެވެ. ކުރިން ބައެއް ކުލާސްތައް ފަށަން ނިންމާފައިވީނަމަވެސް އެކަން ހުއްޓާލައި ގައިދުރުކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ލުއިކުރުމަށް ނިންމި ނިންމުން އަނބުރައި ގެނައުމަށް ނިންމާފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު