ގައިދުރު ކުރުމެއް ނެތި، އިޓަލީގެ އިދިކޮޅު ފަރާތްތަކުން ރޯމްގައި ބޮޑު މުޒާހަރާއެއް ކޮށްފި

މަރިޔަމް ލީނާ 2 ޖޫން 2020 19:04
Flowers

އިޓަލީގެ އިދިކޮޅު ޕާޓީތަކުން އެ ޤައުމުގެ ވެރިރަށް ރޯމްގައި ސަރުކާރާ ދެކޮޅަށް މުޒާހަރާކޮށްފިއެވެ.

މިއަދު ކުރިއަށް ގެންދިޔަ މި މުޒާހަރާ ތަކުގައި ގައިދުރު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

އިޓަލީ އަކީ ކޮވިޑު-19 ޖެހިގެން އެންމެ ގިނައިން މީހުން މަރުވި އެއް ޤައުމެވެ. މިގޮތުން އެ ޤައުމުގައި 233،000 މީހުންނަށް ކޮވިޑު-19 ޖެހުނު އިރު އެތައްހާސް ބަޔަކު މަރުވިއެވެ.

މިއަދު މުޒާހަރާކޮށްފައިވަނީ އިޓަލީގެ ބޮޑުވަޒީރު އެކުލަވާލާފައިވާ ކޯލިޝަން ސަރުކާރާއި ދެކޮޅަށެވެ. މުޒާހަރާގެ ބައިވެރިން އެކަކު އަނެކަކާއި ކައިރީގައި ތިބި އިރު މާސްކުވެސް އަޅާފައި ނުވާކަން ފާހަގަކޮށްލެވެއެވެ. އަދި އިދިކޮޅު ލީގް ޕާޓީގެ ލީޑަރު މެޓިއޯ ސަލްވީނީ ވަނީ ސަޕޯޓަރުންނާއި އެކު ފޮޓޯވެސް ނަގާފައެވެ.

އިޓަލީގެ އިތުރުން ޔޫރަޕުގެ އެހެން ބައެއް ޤައުމުތަކުގައިވެސް އެ ޤައުމުގެ ސަރުކާރުތަކާއި ދެކޮޅަށް މުޒާހަރާތައް ކުރެވެމުން އަންނަ ކަން ފާހަގަކޮށްލެވެއެވެ.  

ކިޔުންތެރިންގެ ހިޔާލު