Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

އެމެރިކާގައި ކުރިއަށްދާ މުޒާހަރާތައް: ޒިމްބާބުވޭގައި ހުންނަ އެމެރިކާ ސަފީރު ޚާރިޖީވުޒާރާއަށް ހާޒިރުކޮށްފި!

އެމެރިކާގައި މިހާރު ކުރިއަށްދާ މުޒާހަރާތަކުގެ އަޑީގައި ތިބީ ރަޝިޔާ، ޗައިނާ، އިރާން އަދި ޒިމްބާބުވޭ ފަދަ ޤައުމުތައް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޤައުމީ ސަލާމަތާއި ބެހޭ މުޝީރު ރޮބަރޓް އޯބްރިއެން ވިދާޅުވުމާއި ގުޅިގެން، ޒިމްބާބުވޭގައި ހުންނަ އެމެރިކާގެ ސަފީރު އެ ޤައުމުގެ ޚާރިޖިއްޔާއަށް ހާޒިރުކޮށްފިއެވެ.
އެމެރިކާގައި މުޒާހަރާތައް ކުރަމުންދަނީ ކަޅު ނަސްލުގެ މީހަކު ފުލުހުން މަރާލުމާއި ގުޅިގެންނެވެ. އެމެރިކާގެ ސަރުކާރުން ދަނީ، އެ މުޒާހަރާތަކުގެ ފަހަތުގައި ތިބީ އެހެން ޤައުމުތައް ކަމަށް ބުނަމުންނެވެ. މީގެ ކުރިންވެސް އެމެރިކާގައި އޮންނަ ބައެއް މުޒާހަރާތަކުގެ ފަހަތުގައި ޒިމްބާބުވޭގެ އަތެއްވާކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.
އެކަމާއި ގުޅިގެން ޒިމްބާބުވޭގެ ޚާރިޖީވަޒީރު ސިބުސިސޯ މޮޔޯ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެއީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށާއި އެފަދަ ވާހަކަތަކުގެ ސަބަބުން، މިހާރުވެސް ގޯސްކޮށް އޮންނަ ދެ ޤައުމުގެ ގުޅުމަށް އަސަރު ކުރާކަމަށެވެ.
ޒިމްބާބުވޭގައި ހުންނަ އެމެރިކާ ސަފީރުވެސް ވަނީ އެވާހަކަތަކަށް ރައްދު ދެއްވާ ބަޔާނެއް ނެރެފައެވެ. މިގޮތުން، ސަފީރު ނިކޮލަސް ވަނީ އެމެރިކާ އިން އަބަދުވެސް ބޭއިންސާފު ކަންކަމާއި ދެކޮޅަށް އަޑު އުފުލާނެކަމަށެވެ.
މި ލިއުމާއި ގުޅޭ