Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ހަމަނުޖެހުންތައް ބޮޑުވެ އެމެރިކާގެ އެތައް ސިޓީއެއްގައި ކާފިއު ހިންގައިފި

ޖޯޖް ފްލޯއިޑްގެ ޤަތުލާ ގުޅިގެން އެމެރިކާގެ އެކި ސަރަހައްދުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތައް ހަންމަތަކޮށް ފުލުހުންނާއި މުޒާހަރާވެރިންގެ މެދުގައި ހިނގާ ކުރިމަތިލުންތައް ހުއްޓުވުމަށް އެމެރިކާގެ ގިނަ ޢަދަދެއްގެ ޝަހަރުތަކުގައި ކާފިއު ހިންގައިފިއެވެ.
އެތައް ޝަހަރެއްގައި ފުލުހުންގެ އުޅަނދުފަހަރުގައި ހުޅުޖަހައި ރޯކޮށްލުމާއެކު، މުޒާހަރާތައް ރޫޅައިލުމަށް ރަނބަރު ވަޒަނާއި ކަރުނަ ގޭސް ފުލުހުން ބޭނުންކޮށްފައިވާ ކަމުގައި ބައިނަލްއަޤުވާމީ މީޑިޔާތަކުން ރިޕޯޓުކުރެއެވެ. އެމެރިކާގެ ރައީސް ޑޮނާލްޑް ޓުރަމްޕު ވިދާޅުވި ގޮތުގައި މިކުޝޫނަތްތެރި ޢަމަލުތަކުގެ ޒިންމާ އުފުލަންޖެހޭނީ ލޫޓުކުރާ މީހުންނާއި އެނާކިސްޓުންނެވެ.
އެމެރިކާގެ އެފުރިކާ ނަސްލަށް ނިސްބަތްވާ 46 އަހަރުގެ ޖޯޖް ފްލޯއީޑް މަރާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި އޭނާ ހުއްޓައެވެ. އޭނާ މަރާލި މައްސަލާގައި ޑެރެކް ޗައުވިން ނަމަކަށް ކިޔާ 44 އަހަރުގެ ދޮން ނަސްލުގެ މީހެއް މައްޗަށް ދަޢުވާކުރަން ފޮނުވާފައިވެއެވެ. އޭނާ ކޯޓަށް ހާޒިރުވުމަށް ކަނޑައެޅުފައިވަނީ ހޯމަދުވަހުއެވެ.
މީސްމީޑިޔާގައި ޢާންމުވެފައިވާ ވީޑިޔޯއެއްގައި ފެންނަ މަންޒަރުން ޗައުވިން ފްލޯއީޑްގެ ކަނދުރައި މައްޗަށް ކަކޫ އަރުވައި ބިމާއެކު ތަތްކޮށް ފިއްތާލައެވެ. އަދި އެތައް ފަހަރެއް މަތިން ފްލޯއިޑަށް ނޭވާ ނުލެވޭ ކަމުގެ ޝަކުވާ އޭނާ ކުރެއެވެ. ނަމަވެސް އެޝަކުވާތަކަށް ބީރުކަންފަތެއްދީ ކަނދުރާ މަތީގައި ކަކޫ ޖައްސައި ފިއްތައިލުމުގެ ސަބަބުން އޭނާ މަރުވެއެވެ.
ޖޯޖް ފްލޯއީޑްގެ ޤަތުލާއެކު އެމެރިކާގައި އެތައް އަހަރަކަށް ދެމިގެން ގޮސްފައިވާ ނަސްލީ ނުތަނަވަސްކަން ބޮޑުވެ 30 ސިޓީ ގައި ބޮޑެތި މުޒާހަރާތައް ފެށިގެން ދިޔައެވެ. ޗިކާގޯގައި މުޒާހަރާވެރިންވަނީ ރައަޓު ފުލުހުންނާ ދިމާލަށް ހިލަ އުކާފައެވެ. ރައްދުގައި ފުލުހުންވަނީ ކަރުނަ ގޭސް ބޭނުންކޮށްފައެވެ. އަދި ހޮނިހިރު ދުވަހު އެތައް ބައެއް ހައްޔަރުކޮށްފައިވެއެވެ.
ލޮސް އެންޖެލިސްގައި ގިނަ ޢަދަދެއްގެ މުޒާހަރާވެރިން ޖަމާވެ ފުލުހުންގެ ކާރުތަކަށް އަލިފާނުން ހަމަލާދީ ފުޅި ފަދަ ތަކެތި އުކުމުން ފުލުހުންވަނީ ރަބަރު އުންޑަ ބޭނުންކޮށް މުޒާހަރާޓައް ރޫޅައިލަން މަސައްކަތްކޮށްފައެވެ. ފުލުހުންގެ އުޅަނދުފަހަރު މަތީގައި މުޒާހަރާވެރިން ތިބޭ މަންޒަރުތައް މީޑިޔާތަކަށް ފަހުން ތިލަވެފައިވެއެވެ.
އަދި ޖެހިޖެހިގެން ދެވަނަ ދުވަހަކަށް ގިނަ ޢަދަދެއްގެ މީހުން ވައިޓް ހައުސް ކުރިމައްޗަށް އެއްވެ އިހުތިޖާޖުކޮށް އަޑު އުފުލާފައިވެއެވެ. ޖޯޖިއާއަށް ބަލާއިރު ގިނަ ޢިމާރާތްތަކަށް ގެއްލުން ދީފައިވުމާ ގުޅިގެން ބައެއް ސަރަހައްދުތަކުގައި މީހުންނާއި މުދާ ހިމާޔަތްކުރުމަށް ޚާއްޞަ ނުރައްކަލުގެ ޙާލަތު ހިންގާފައިވެއެވެ.
މިނިއާޕޮލިސް، ނިއުޔޯކު، މައާމީ، އެޓްލަންޓާ އަދި ފިލަޑެލްފިއާގެ މަގުތައް މައްޗަށް އެތައް ހާސް ބަޔަކު ނުކުމެ އިހުތިޖާޖުކޮށް ހިނގައިލުން ބާއްވާފައިވެއެވެ. އެއާއެކު މިނިއާޕޮލިސް، އެޓްލަންޓާ، ލޮސް އެންޖެލްސް، ފިލަޑެލްފިއާ، ޕޯޓްލޭންޑް އަދި ލުއިސިވިލްއާއި އެނޫންވެސް ގިނަ ޝަހަރުތަކެއްގައި ކާފިއު ހިންގާފައިވެއެވެ.
ނަމަވެސް ގިނަ ޝަހަރުތަކެއްގައި މުޒާހަރާވެރިންވަނީ ކާފިއުއަށް ބެލުމެއް ނެތި މަގުތަކަށް ނުކުމެ މުޒާހަރާކުރަން ފަށާފައެވެ. އަދި ބައެއް ޝަހަރުތަކުގައި ލޫޓުވުން ކުރިއަށްދާ ކަމުގައިވެސް މަޢުލޫމާތު ލިބެއެވެ.
ދާޚިލީ ހަމަނުޖެހުންތަކުގެ ޙާލަތުގައި ހަމަނުޖެހުންތައް ހަންމަތަކުރުމަށް ބޭނުންކުރާ ޢަސްކަރީ ގޮތްޕެއް ކަމުގައިވާ ނޭޝަނަލް ގާޑުގެ ލަޝްކަރުތައް މިނެސޯޓާގައި ހަރަކާތްތެރިވުމަށް ހުކުރުދުވަހު އެސްޓޭޓަށް ގެނެސްފައިވެއެވެ.
މި ލިއުމާއި ގުޅޭ