Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ގައިދުރު ކުރުމާއި ދެކޮޅަށް މުޒާހަރާ ކުރި ބަޔަކު ލަންޑަނުން ހައްޔަރުކޮށްފި

ގައިދުރު ކުރުމާއި ދެކޮޅަށް އިނގިރޭސިވިލާތުގެ ލަންޑަނުގައި މުޒާހަރާ ކުރި ބަޔަކު ހައްޔަރުކޮށްފިއެވެ.
މިގޮތުން ލަންޑަނުގެ ފުލުހުންވަނީ 19 މީހަކު މި މުޒާހަރާގައި ހައްޔަރުކޮށްފައެވެ. މުޒާހަރާތައް ކުރިއަށް ގެންގޮސްފައިވަނީ ލަންޑަނުގެ މެދުތެރޭގައި އޮންނަ ހައިޑް ޕާކުގައެވެ. މުޒާހަރާގެ ބައިވެރިން ދިޔައީ ކޮވިޑު-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ދޭން ގޮވާލަމުންނެވެ.
އިނގިރޭސިވިލާތުގައި މިހާރު ބައެއް ފިޔަވަޅުތަކަށް ވަނީ ލުއި ދީފައެވެ. މިގޮތުން ޕާކުތަކަށް ދިޔުންފަދަ ކަންކަން ވަނީ ހުއްދަ ކުރެވިފައެވެ. ނަމަވެސް އެކަންކަން ކުރާއިރު، ގައިދުރުކުރުމަށް ސަމާލުކަން ދިނުމަށް ވަނީ އަންގާފައެވެ. އަދި ގިނަ އަދަދަކަށް މީހުން ތަންތަނަށް އެއްވުން އަދިވެސް މަނަލެވެ.
ޔޫރަޕުގެ ޤައުމުތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑު-19 ޖެހިގެން މީހުން މަރުވީ އިނގިރޭސިވިލާތުގައެވެ. މިގޮތުން އެ ޤައުމުގައި 34 ހާސް މީހުން މަރުވެފައިވާއިރު 240 ހާސް މީހުންނަށް ވަނީ ބަލި ޖެހިފައެވެ.
މި ލިއުމާއި ގުޅޭ