Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ރޮހިންޖާ ރެފިއުޖީ ކޭމަޕްކުން މީހަކަށް ކޮވިޑު-19 ޖެހިއްޖެ

ބަންގްލަދޭޝް ގައި އޮންނަ ރޮހިންޖާ މީހުންގެ ރެފިއުޖީ ކޭމްޕަކުން މީހަކު ފުރަތަމަ ފަހަރަށް ކޮވިޑު-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
މި ކޭމްޕުގައި މިލިއަނަކަށްވުރެ ގިނަ މީހުން ތިބެއެވެ. މީގެ 2 އަހަރު ކުރިން މިޔަންމާގައި އެ ޤައުމުގެ ސިފައިން ރޮހިންޖާ ދަރިކޮޅު މީހުންނާއި ދެކޮޅަށް ހިންގި ގަތުލު އާންމަށް ފަހު އެތައް ހާސް ބަޔަކު ވަނީ ޤައުމު ދޫކޮށް ގޮސްފައެވެ. މިގޮތުން ގިނަ ބަޔަކު ވަނީ ބަންގްލަދޭޝް އަށް އެތެރެވެފައެވެ.
ރޮހިންޖާ ރެފިއުޖީ ކޭމްޕުން އެކަކު ކޮވިޑު-19 އަށް ޕޮޒިޓިވް ވެފައިވާ އިރު އެ ކޭމްޕުގެ ކައިރީ ދިރިއުޅޭ ބަންގްލަދޭޝް މީހަކުވެސް ވަނީ ކޮވިޑު-19 އަށް ޕޮޒިޓިވް ވެފައެވެ. މި ދެމީހުންނަށްވެސް އެތާ ކައިރި ހިސާބެއްގައި ހުރި ކްލިނިކެއްގައި މިވަގުތު ފަރުވާ ދެމުން އެބަދެއެވެ.
އެ ކޭމްޕުގައި އިތުރަށް ކޮވިޑު-19 ފެތުރިފައި ހުރިވަރު ބަލަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދަނީ މަސައްކަތް ކުރަމުންނެވެ. މީގެ ކުރިން އެ ސަރަހައްދުގައި އޮންނަ ބާޒާރަކުންވެސް ކޮވިޑު-19 އަށް ބަޔަކު ވަނީ ޕޮޒިޓިވް ވެފައެވެ.
ބަންގްލަދޭޝްގައި ކޮވިޑު-19 ކޭސް އެއް އެންމެ ފުރަތަމަ ފެނުނީ މާޗު މަސް ތެރޭގައެވެ. އޭގެ ފަހުން 19،000 މީހުންނަށް އެ ބަލި ޖެހި 283 މީހަކު ވަނީ މަރުވެފައެވެ.
މި ލިއުމާއި ގުޅޭ