Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ސްޕެއިންގައި ކޮވިޑު-19 ޖެހިގެން މަރުވާ މީހުންގެ މިންވަރު މަދުވެއްޖެ

ކޮވިޑު-19 ޖެހިގެން ސްޕެއިންގައި މަރުވާ މީހުންގެ އަދަދު މަދުވެއްޖެއެވެ.
މިގޮތުން އާދީއްތަ ދުވަހު މަރުވިކަމަށް ރިޕޯޓުކޮށްފައިވަނީ 410 މީހުންނެވެ. އޭގެ ކުރީ ދުވަހު 565 މީހުން މަރުވިކަމަށް ރިޕޯޓުކޮށްފައިވެއެވެ. މިއީ ކޮވިޑު-19 ޖެހިގެން މީހުން މަރުވާ ފެށިފަހުން އެންމެ މަދުން މީހުން މަރުވި ދުވަހެވެ.
މިހާތަނަށް ސްޕެއިންގައި ކޮވިޑު-19 ޖެހިގެންް 20453 މީހުން މަރުވެފައިވާއިރު ކޮވިޑު-19 ގެ އަސަރު އެންމެ ބޮޑަށް ކުރި ޤައުމުތަކުގެ ތެރޭގައި އިޓަލީ ހިމެނެއެވެ. މިހާތަނަށް ސްޕެއިންގައި ކޮވިޑު-19 ޖެހުނު މީހުންގެ އަދަދު ވަނީ 195،944 އަށް އަރާފައެވެ.
ކޮވިޑު-19 އާއި ގުޅިގެން ސްޕެއިންވަނީ ލޮކްޑައުންކޮށްފައެވެ. އަދި އެ ލޮކްޑައުންގެ މުއްދަތު އަދި 15 ދުވަހަށް އިތުރު ކުރަން ނިންމާފައިވާ ކަމަށް ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވަނީ ވިދާޅުވެފައެވެ.
ސްޕެއިންގެ ބޮޑުވަޒީރު ވިދާޅުވި ގޮތުގައި އެންމެ އުނދަގޫ ހާލަތު މިހާރުވަނީ ގޮސްފައެވެ. އަދި މަޑުމަޑުން މި ބަލިމަޑުކަމުން އަރައިގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
މި ލިއުމާއި ގުޅޭ