Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ފަރަންސޭސި ކަނޑުގެ ސިފައިންގެ މަނަވަރެއްގައި ކޮވިޑު-19 ފެތުރެނީ

ފަރަންސޭސިވިލާތުގެ ހަމައެކަނި މަތިންދާ ބޯޓު އުފުލާ ސިފައިންގެ މަނަވަރުގައި ކޮވިޑު-19 ފެތުރެމުންދާކަމަށް އެ ޤައުމުން ހާމަކޮށްފިއެވެ.
ޗާލްސް ޑި ގޯލް ނަމަކަށް ކިޔާ މި މަނަވަރުގެ 50 ފަޅުވެރިއަކު މިހާރު ވަނީ ކޮވިޑު-19 އަށް ޕޮޒިޓިވްވެފައެވެ. އަދި އެ މަނަވަރުގެ ބައެއް ހިސާބުތައް މިހާރުވަނީ ލޮކްޑައުންކޮށްފައެވެ. އަދި އެ މަނަވަރުން 3 ފަޅުވެރިއަކު ވަނީ ފްރާންސްގެ ހޮސްޕިޓަަލަކަށް ބަދަލުކުރެވިފައެވެ.
އެ މަނަވަރުގައި ތިބި ފަޅުވެރިން ކިބައިން ކޮވިޑު-19 ގެ އަލާމާތްތަކެއް ފެނިގެން ޑޮކްޓަރުންގެ ޓީމެއް އެ މަނަވަރަށް ދިޔައީ ބުދަ ދުވަހުގައެވެ. އަދި މިހާތަނަށް 66 މީހަކު ޓެސްޓް ކުރެވުނު އިރު 50 މީހަކު ވަނީ ކޮވިޑު-19 އަށް ޕޮޒިޓިވް ވެފައެވެ. ނަމަވެސް އެ އެންމެންގެ ހާލުވެސް ރަނގަޅުކަމަށް ފްރާންސުގެ ސަރުކާރުން ހާމަކޮށްފައިވެއެވެ.
ފްރާންސްގެ މި މަނަވަރުގައި 1760 ފަޅުވެރިން ތިބޭއިރު، އެ މަނަވަރުގައި އައިސީޔޫ ހިދުމަތްވެސް ހުރެއެވެ. މިދިޔަ ހަފްތާގައި އެމެރިކާގެ މަނަވަރަކުންވެސް ކޮވިޑު-19 ވަނީ ފެނިފައިކަން ފާހަގަކޮށްލެވެއެވެ.
މި ލިއުމާއި ގުޅޭ