Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ނުވަ މިނިޓު ވަންދެން އުއްބައްތި ދިއްލަން މޯދީ އިންޑިއާގެ ރައްޔިތުންނަށް ގޮވާލައިފި

މި އަންނަ އާދީއްތަ ދުވަހުގެ ރޭ 9 ޖަހާއިރު އިންޑިއާގެ ހުރިހާ ރައްޔިތުންވެސް ގެ ތަކުގެ ބެލްކަނީއަށް ނިކުމެ 9 މިނިޓު ވަންދެން އުއްބަތިއެއް ދިއްލައިގެން ތިބުމަށް އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ގޮވާލައިފިއެވެ.
މޯދީ މިކަމަށް ގޮވާލާފައިވަނީ މިއަދު ހެނދުނު އާންމުކުރި ވީޑިއޯ މެސެޖެއްގައެވެ. 9 މިނިޓު ވަންދެން އުއްބަތި ދިއްލަން ނޫނީ ޓޯޗަކުން އަލިކުރަން މޯދީ އެދިފައިވަނީ އިންޑިއާ ރައްޔިތުންގެ އެއްބައިވަންތަކަން ދެއްކުމަށްކަމަށް އޭނާ ބުނެފައިވެއެވެ.
މޯދީ ވަނީ މިހާރު އެކަހެރިކޮށް ތިބެން ޖެހުމުން، އެކަނިވެރިކަން އިހުސާސް ކުރެވިދާނެ ކަމަށާއި ނަމަވެސް އިންޑިއާގެ 1.3 ބިލިއަން މީހުން ތިބީ އެއްކޮށް ކަމަށާއި އެ އެންމެންގެ ހިތްވަރު ހުރިހާއެންމެން ގައިގައި ވެސް ހުންނާނެކަމަށެވެ. އުއްބައްތި ދިއްލުމުގެ ހަރަކާތް ކުރިއަށް ގެންދާއިރު އިޖުތިމާއީ ގައިދުރުކުރަން ހަނދާން ބަހައްޓަން މޯދީ ވަނީ ގޮވާލާފައެވެ.
މީގެ ކުރިން އިންޑިއާގައި އެ ޤައުމުގެ ސިއްހީ މަސައްކަތްތެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން އަތްތިލަބަޑިޖަހަން ބޭއްވި ހަރަކާތްތަކުގަވެސް ވަރަށް ގިނަ މީހުން ވަނީ މަގުތަކަށް ނިކުމެ އެ ހަރަކާތް ބާއްވާފައެވެ.
ކޮވިޑު-19 އާއި ގުޅިގެން އިންޑިއާ ވަނީ 21 ދުވަސް ވަންދެން ފުރަބަންދުކޮށްފައެވެ. އިންޑިއާއިން މިހާތަނަށް 2500 އަށްވުރެ ގިނަ މީހުންނަށް ކޮވިޑު-19 ޖެހިފައިވާއިރު 72 މީހަކު ވަނީ މަރުވެފައެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ލަފާ ކުރާ ގޮތުގައި އިންޑިއާ އިން އަސްލު ކޮވިޑު-19 ޖެހުނު މީހުންގެ އަދަދު އެއަށްވުރެ ގިނަވާނެއެވެ.
މި ލިއުމާއި ގުޅޭ