Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ވައިރަސް ދިރާސާކުރައްވާ ދެކުނު އެފުރިކާ ސައިންޓެސްޓެއް ކޮވިޑް-19 ޖެހި ނިޔާވެއްޖެ

ވައިރަސްތައް ދިރާސާކުރައްވައި ވައިރަސްތަކަށް ވެކްސިން އުފެއްދެވުމުގައި މުޅި ދުނިޔޭގައި މަޝްހޫރު އިންޑިޔާ ނަސްލަށް ނިސްބަތްވެވަޑައިގަންނަވާ ދެކުނު އެފްރިކާގެ ސައިންޓިސްޓެއް ކޮވިޑް-19 ޖެހިގެން ނިޔާވެއްޖެއެވެ.
ވައިރަސްއާ ބެހޭ މަޝްހޫރު ޢިލްމުވެރިޔާ ގީތާ ރަމްޖީއަކީ ދެކުނު އެފެރިކާގެ އިންޑިޔާ ނަސްލު މީހުންގެ ތެރެއިން ކޮވިޑް-19 ޖެހިގެން މަރުވި ފުރަތަމަ މީހާއެވެ. ގީތާއަކީ ވެކްސިން އުފެއްދުމާ ގުޅޭ ވަރަށް ޤާބިލު ސައިންސްވެރިއެކެވެ. އަދި އެޗްއައިވީއާ ގުޅޭ ދިރާސާތައް ކުރެއްވުމުގައި އެންމެ އިސްކޮށް އުޅުއްވާ ބޭފުޅެކެވެ. އޭނާ މީގެ ހަފުތާއެއް ކުރިން ދެކުނު އެފުރިކާއަށް ވަޑައިގެންނެވީ އިނގިރޭސިވިލާތުންނެވެ. އޭނާ އެނބުރި ޤައުމަށް ވަޑައިގަތް ފަހުން އޭނާ ކިބައިން ކޮވިޑް-19ގެ ޢަލާމާތްތައް ފެނިފައިނުވާ ކަމުގައި ނޫސްތަކުން ބުނެއެވެ.
ޑަރބަންގައި ހުންނަ ދެކުނު އެފުރިކާގެ މެޑިކަލް ރިސާޗް ކައުންސިލްގެ އެޗްއައިވީ ޕްރިވެންޝަން ރިސާޗް ޔުނިޓުގެ ޑިރެކްޓަރެއްގެ މަޤާމުގެ އިތުރަށް، އެޔުނިޓުގައި ހިންގާ ކްލިނިކަލް ތަޙުލީލުތަކާއި ތަޖުރިބާތަކުގެ އަސާސީ އިންވެސްޓިގޭޓަރުގެ މަޤާމުގައި ހުންނެވި ގީތާގެ ޢުމުރަކީ 64 އަހަރެވެ.
ދެކުނު އެފްރިކާގެ މެޑިކަލް ރިސާޗު ކައުންސިލުން ނެރުނު ބަޔާނެއްގައި ކައުންސިލްގެ ރައީސް ވިދާޅުވެފައިވަނީ ޕްރޮފެސަރ ގީޓާ ރާމްޖީ ނިޔައުވި ޚަބަރު ޢާންމުކުރަނީ ފުން ހިތާމަޔާ އެކުގައި ކަމުގައެވެ. އަދި އޭނާ ނިޔައުވީ ކޮވިޑް-19 އާ ގުޅިގެން މެދުވެރި ދަތިތަކެއްގެ ސަބަބުން ކަމުގައެވެ.
ލިސްބަންގައި 2018 ވަނަ އަހަރު ގީތާއަށްވަނީ އެންމެ ފާހަގަކޮށްލެވޭ އަންހެން ސައިންޓިސްޓުގެ އެވޯޑު ޔޫރަޕުގެ ޑިވެލޮޕްމެންޓް ކްލިނިކަލް ޓްރައިލްސް ޕާރޓްނާޝިޕުން ދީފައެވެ. އެއީ އެޗްއައިވީއާ ކުރިމަތިލުމަށް ބޭނުންކުރެވޭނެ އައު އުސްލޫބުތައް ހޯދުމަށް އޭނާ ކުރައްވާފައިވާ މަސައްކަތްޕުޅުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. ޚާއްޞަކޮސް ދިރިއުޅުމުގެ ވައްޓަފާޅިއާއި ދިރިއުޅުމުގެ ޙާލަތާ ގުޅިގެން ދެކުނު އެފުރިކާގެ އަންހެނުންނަށް ކުރިމަތިވާ ހިރާސްތައް އޭނާ ދިރާކުރެއްވިއެވެ.
ދެކުނުއެފުރިކާގެ މެޑިކަލް ސައިންސް ރިސާޗު ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ގީތާއަކީ އެޗްއައިވީން މިންޖުކުރުމާ ގުޅޭ ގޮތުން ކުރެވުނު ދިރާސާގެ ދާއިރާގައި ލީޑަރެއް ކަމުގައެވެ. އަދި އެޗްއައިވީ ހުއްޓުވުމަށް ކުރެވުނު ބައިނަލްއަޤުވާމީ މަސައްކަތުގައިވެސް ވަރަށް ބޮޑު އެހީތެރިކަމެއް ދެއްވާފައިވާ ޢިލްމުވެރިއެއް ކަމުގައެވެ.
ރަމްޖީ ކައިވެނި ބައްލަވައިގެން އުޅުއްވީ އިންޑިޔާ ނަސްލަށް ނިސްބަތްވާ ދެކުނު އެފުރިކާގެ ފާމަކޮލޮޖިސްޓަކާއެވެ.
މި ލިއުމާއި ގުޅޭ