Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

އަލަށްފަށާ ވިޔަފާރިތަކަށް އެހީވާން ޖަރުމަނުން 2 ބިލިއަން ޑޮލަރުގެ ބަޖެޓެއް

ކޮވިޑު-19 އާއި ގުޅިގެން ދިމާވެފައިވާ އިޤްތިސާދީ ތަދުމަޑުކަމުން އަރައިގަތުމަށް އަލަށް ފަށާ ވިޔަފާރިތަކަށް އެހީވުމަށް ޖަރުމަން ވިލާތުން 2.1 ބިލިއަން ޑޮލަރުގެ ބަޖެޓެއް ހަމަޖައްސައިފިއެވެ.
މިކަން އިއުލާންކޮށްފައިވަނީ ޖަރުމަނުގެ މާލީވަޒީރު އޮލާފް ޝޮލްޓްސްއެވެ.
"އެހެނިހެން އެހީގެ ޕްރޮގްރާމްތައްވެސް އާ ވިޔަފާރިތަކަށް ލިބެން ހުންނާނެ. އެކަމަކު އަހަރުމެން ބޭނުންވީ މާގިނަ ފުރުސަތުތައް ނެތް ކުންފުނިތަކަށް އެހީވާން" ޖަރުމަނުގެ އިޤްތިސާދީ ވަޒީރު ޕީޓަރ އަލްޓިމެއަރ ވެސް ބުނެފައިވެއެވެ.
އަދި މި 2 ބިލިއަން ޑޮލަރުގެ ޕްރޮގްރާމުން އާ ވިޔަފާރިތަކަށް މި ދުވަސްކޮޅު ގައި ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަމަށް ޖަރުމަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
ކޮވިޑު-19 ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ޔޫރަޕުގެ ބައްރަށެވެ. މިގޮތުން ޔޫރަޕުގެ ބޮޑު ތިން ޤައުމުކަމަށްވާ ފްރާންސް، އިޓަލީ، ސްޕެއިން އަދި ޖަރުމަނުން ގިނަ އަދަދެއްގެ މީހުންނަށް ވަނީ ކޮވިޑު-19 ޖެހިފައެވެ. އަދި އެތައް ހާސް ބަޔަކު ވަނީ މަރުވެފައެވެ.
އަދި މިކަމުގެ ސަބަބުން މި ޤައުމުތަކުގެ އިޤްތިސާދަށްވެސް ވަނީ ނޭދެވޭ އަސަރުތަކެއްކޮށްފައެވެ.
މި ލިއުމާއި ގުޅޭ