Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ކޮވިޑު-19 ޖެހިގެން ކޮންގޯގެ ކުރީގެ ރައީސް އަވަހާރަވެއްޖެ

ކޮންގޯގެ ކުރީގެ ރައީސް ޖެކްސް ޖޯކުއިމް ހޮމްބީ އޮޕަންގޯ ކޮވިޑު-19 ޖެހިގެން އަވަހާރަވެއްޖެއެވެ.
އޭނާގެ އާއިލާ އިން ހާމަކޮށްފައިވާ ގޮތުގައި ފްރާންސުގެ ވެރިރަށް ޕެރިހުގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދަނިކޮށް އޭނާ މަރުވީ އީއްޔެގެ ވަގުތެއްގައެވެ. އޭއެފްޕީއަށް ދެއްވި އިންޓަވިއުއެއްގައި އޭނާގެ ދަރިކަލުން ބުނެފައިވަނީ ކޮވިޑު-19 ޖެހުމުގެ ކުރިންވެސް ޖެކްސް އުޅުއްވީ ބަލިކޮށްކަމަށެވެ.
ޖެކްސް ވަނީ ކޮންގޯގެ ވެރިކަން 1977 އިން 1979 ވަނަ އަހަރަށްކޮށްފައެވެ. 1979 ވަނަ އަހަރު ކޮންގޯގެ މިހާރުގެ ރައީސް ޑެނިސް ސަސޯ ވަނީ ޖެކްސް ވެރިކަމުން ދުރުކޮށްފައެވެ. ޖެކްސް ކޮންގޯގެ ރައީސް ކަމަށް އައީ އޭރުގެ ރައީސް މެރިއެން ގަތުލުުރުމަށް ފަހުގައި ބަޣާވާތަކުންނެވެ.
ކޮންގޯ އަކީ ތެލުގެ މުއްސަނދިކަން ލިބިފައިވާ ޤައުމެކެވެ. އަދި ކުރިން އެ ޤައުމު އޮތީ ފަރަންސޭސިވިލާތުގެ އަޅުވެތިކަމުގެ ދަށުގައެވެ.
1979 ވަނަ އަހަރު ވެރިކަމުން ދުރުކުރެވުނު ނަމަވެސް ފަހުން ޖެކްސް ވަނީ 1994 އިން 1996 އަށް ކޮންގޯގެ ބޮޑުވަޒީރުކަންވެސް ކުރައްވާފައެވެ. ނަމަވެސް ކޮންގޯގައި އަހުލީ ހަނގުރާމައެއް ފެށުމުގެ ސަބަބުން، އޭނާ ވަނީ ކޮންގޯ ދޫކޮށް ފަރަންސޭސި ވިލާތަށް ހިޖުރަކޮށްފައެވެ.
މި ލިއުމާއި ގުޅޭ