Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

އިޓަލީގެ ލޮކްޑައުންގެ މުއްދަތު އިތުރުކޮށްފި

ކޮވިޑު-19 އާއި ގުޅިގެން އިޓަލީގެ ލޮކްޑައުން މުއްދަތު އިތުރުކޮށްފިއެވެ.
މީގެ ކުރިން ލޮކްޑައުންގެ މުއްދަތު ހަމަވަނީ އޭޕްރިލް 3 އަށެވެ. ނަމަވެސް އެ ޤައުމުގެ ހެލްތު މިނިސްޓަރު ރޮބާޓޯ ސްޕެރަންޒާ ވަނީ ލޮކްޑައުންގެ މުއްދަތު ވަނީ އޭޕްރިލް 12 އަށް އިތުރުކޮށްފައި ކަމަށް ވިދާޅުވެފައެވެ. އަދި އެކަންކޮށްފައިވަނީ ސަރުކާރަށް މަޝްވަރާ ދޭ ފަރާތްތަކުގެ މަޝްވަރާގެ މަތިންކަމަށް ސްޕެރަންޒާ ވިދާޅުވިއެވެ.
ކޮވިޑު-19 ޖެހިގެން މިހާތަނަށް އިޓަލީއިން 11591 މީހުން ވަނީ މަރުވެފައެވެ. އަދި އިއްޔެވެސް 812 މީހަކު ޕޮޒިޓިވް ވެފައިވެއެވެ. މިހާތަނަށް 100،000 އަށްވުރެ ގިނަ މީހުން އިޓަލީއިން ވަނީ ކޮވިޑު-19 އަށް ޕޮޒިޓިވްވެފައެވެ.
މުޅި ދުނިޔޭގައިވެސް ކޮވިޑު-19 ޖެހިގެން އެންމެ ގިނަ މީހުން މިހާތަނަށް މަރުވެފައިވަނި އިޓަލީގައި ކަން ފާހަގަކޮށްލެވެއެެވެ. މިކަމާއި ގުޅިގެން މުޅި އިޓަލީ ވަނީ ހުއްޓުމަކަށް އައިސްފައެވެ.
މި ލިއުމާއި ގުޅޭ