Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ކޮވިޑު-19: މެލޭޝިޔާއިން 58 ބިލިއަން ޑޮލަރުގެ އިޤްތިސާދީ ޕެކޭޖެއް ތައާރަފްކުރަނީ

ކޮވިޑު-19 އާއި ގުޅިގެން އިޤްތިސާދަށް އައިސްފައިވާ މަޑުޖެހުމުން އަރައިގަނެ އިޤްތިސާދު ކުރިއެރުވުމަށް މެލޭޝިޔާއިން 58.2 ބިލިއަން ޑޮލަރު ނޫނީ 250 ބިލިއަން ރިންގިޓުގެ އިޤްތިސާދީ ޕެކޭޖެއް ތައާރަފް ކުރަން ނިންމައިފިއެވެ.
މިކަން އިއުލާން ކޮށްފަައިވަނީ މިއަދުގެ ވަގުތެއްގައި މެލޭޝިޔާގެ ބޮޑުވަޒީރު މުހިއްޔިއްދީން ޔާސީންއެވެ. މި ޕެކޭޖުން 128 ބިލިއަން ރިންގިޓު ހަރަދު ކުރުމަށް ހަމަޖައްސާފައިވަނީ ވެލްފެއަރ ކަންތައްތަކަށެވެ. މިގޮތުން އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ މީހުންނަށް ސީދާ މާލީ އެހީ ދިނުން ހިމެނެއެވެ. މީގެ އިތުރުން 100 ބިލިއަން ރިންގިޓު ހަރަދުކުރުމަށް ހަމަޖައްސާފައިވަނީ ވިޔަފާރިތަކަށް އެހީވުމަށެވެ.
ކޮވިޑު-19 އާއި ގުޅިގެން ގިނަ ޤައުމުތަކުން ދަނީ އިޤްތިސާދީ ޕެކޭޖުތައް ތައާރަފްކުރަމުންނެވެ. މެލޭޝިޔާއަކީ އިރުމަތީ އޭޝިޔާގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. ކޮވިޑު-19 އާއި ގުޅިގެން މުޅި އެ ޤައުމުވަނީ ހުއްޓުމަކަށް އައިސްފައެވެ. އަދި މެލޭޝިޔާވެސް މިހާރުވަނީ ލޮކްޑައުން އަކަށް ގޮސް ޤައުމުގެ އެތެރޭގައިވެސް ބޭރަށް ނިކުމެ އުޅުން ވަރަށް ބޮޑަށް މަނާކޮށްފައެވެ.
މިހާތަނަށް މެލޭޝިޔާގައި 2031 މީހުންނަށް ކޮވިޑު-19 ޖެހިފައިވާއިރު 24 މީހަކު ވަނީ މަރުވެފައެވެ.
މި ލިއުމާއި ގުޅޭ