Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ތައިލޭންޑުގައި ކުއްލި ހާލަތު އިއުލާން ކުރަނީ

ކޮވިޑު-19 އާއި ގުޅިގެން ތައިލޭންޑުގައި 26 މާޗުން ފެށިގެން ކުއްލި ހާލަތު އިއުލާންކުރަން އެ ޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.
މިއަދު އޮތް ނޫސް ކޮންފަރެންސެއްގައި އެ ޤައުމުގެ ބޮޑުވަޒީރު ޕްރަޔުތު ޗަނޯޗާ ވަނީ އެކަން ހާމަކުރައްވާފައެވެ. ކުއްލި ހާލަތު އިއުލާން ކުރުމުން ކޮވިޑު-19 އާއި ދެކޮޅަށް އަޅަން ޖެހޭ އިތުރު ފިޔަވަޅުތައް އެޅުމުގެ ބާރު ބޮޑުވަޒީރަށް ލިބިގެންދާނެއެވެ. މިގޮތުން ކާފިއު ހިންގުމާއި ވިޔަފާރިތަކާއި އޮފީސްތައް ބަންދުކުރުން ފަދަ ކަންކަން ކުރުމުގެ ބާރު ލިބޭނެއެެވެ.
ތައިލޭންޑުގައި ކޮވިޑު-19 ޖެހުނު މީހުންގެ އަދަދު ވަނީ 827 އަށް އަރާފައެވެ. އަދި ޖުމްލަ 4 މީހަކު ވަނީ މަރުވެފައެވެ. އަދިއެ ޤައުމުގައި ވެސް ހަލުވިކަމާއި އެކު ކޮވިޑު-19 ފެތުރިދާނެ ކަމުގެ ބިރު ވަރަށް ބޮޑުކަމަށް ކަމާއިބެހޭ ފަރާތްތަކުން ދެކެއެވެ.
މި ލިއުމާއި ގުޅޭ