Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ހަލުވިކަމާއި އެކު ކޮވިޑް19 ފެތުރޭތީ އިތުރަށް ސަމާލުވާން ޑަބްލިއުއެޗްއޯ އިން އެދިއްޖެ

ދުނިޔޭގެ ކަންކޮޅުތަކުގައި ނުރައްކާތެރި ކޮވިޑް19 ކޮރޯނާ ވައިރަސް ވަރަށް ހަލުވިކަމާއި އެކު ފެތުރެމުންދާތީ އެކަމާއި ހުރިހާ ޤައުމުތަކުން ވެސް ޚާއްސަ ސަމާލުކަމެއް ދިނުމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އެދިއްޖެއެވެ.
ޑަބްލިއުއެޗްއޯ އިން މިގޮތަށް އެދުނު އިރު ކޮވިޑް19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ ހަތަރު ލައްކަ އާއި ގާތްވެފައެވެ. އަދިވެސް ބަލި ކޮންޓްރޯލް ކުރެވޭނެ ކަމަށް ސިއްހީ ތަޖުރިބާކާރުން ލަފައެއް ނުކުރެއެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޑަބްލިއުއެޗްއޯގެޑިރެކްޓަރ ޖެނެރަލް ޑރ.ޓެޑްރޯސް އަދޮނަމް ވަނީ ތަފާސް ހިސާބުތަކުން ދައްކައިދެނީކޮވިޑް-19 ފެތުރުން ހަލުވިވަމުންދާ މަންޒަރު ކަމަށް ވިދާޅުވެފައެވެ.
އެގޮތުން ކޮވިޑް19ގެ އެއް ލައްކަ ކޭސް ހަމަވުމަށް 67 ދުވަސް ނެގިއިރު، އެ އަދަދު 2 ލައްކައަށް އެރުމަށް ނެގީ އިތުރު 11 ދުވަސް ކަމަށާއި އަދި އޭގެ އެންމެ 4 ދުވަސްފަހުން ޖުމްލަ އަދަދު 3 ލައްކަ އަށް އަރާފައިވާކަން ޓެޑްރޯސް ފާހަގަކުރެއްވިއެެވެ.
މީގެ އިތުރުން ކޮވިޑް19 ފެތުރުން ހުއްޓުވަން ގިނަ ގައުމުތަކުގެ އެކި ސަރަހައްދުތައް ފުރަބަންދު ކުރަމުން ގެންދާތީ އެއީ ރަނގަޅު ނިންމުމެއް ކަމަށް ޓެޑްރޯސް ވަނީ ފާހަގަކުރައްވާފައެވެ. އަދި ސަރުކާރުތަކުން އަޅާ އެފަދަ ފިޔަވަޅުތަކަށް އާއްމުން އެއްބާރުލުން ދިނުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.
ފުރަބަންދު ކުރުމަށް ތާއީދު ކުރެއްވި ނަމަވެސް ކޮވިޑް19 ގެ ނުރައްކަލުން ސަލާމަތްވުމަށް އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ގިނައިން ޓެސްޓް ކުރުމާއި އެ ވައިރަހަށް ޕޮޒިޓިވްވާ މީހުން އެކަހެރި ކުރުމާޢި ކޮންޓެކްޓް ޓްރޭސިން ހަރުދަނާ ކުރަން ޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މުޅި ދުނިޔެއިން ކޮވިޑް19 ޖެހިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 381،000 އަށް އަރާފައެވެ.
މި ލިއުމާއި ގުޅޭ