Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ފަސިންޖަރުން އުފުލާ މަތިންދާބޯޓާއި ކަނޑު ބޯޓު ލަންކާއަށް ވަނުން ހުއްޓުވައިފި

ފަސިންޖަރުން އުފުލާ މަތިންދާބޯޓާއި ކަނޑު ބޯޓުފަހަރު ލަންކާއަށް ވަނުން ހުއްޓުވުމަށް އެޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.
ލަންކާ ސަރުކާރުގެ މިނިންމެވުނުް އިޢުލާނުކުރެއްވީ އެޤައުމުގެ ބޮޑުވަޒީރު ގޮޓަބަޔާ ރާޖަޕަކްސަ އޭނާ ކުރެއްވި ޓުވީޓެއްގައެވެ. ފަސިންޖަރުން އުފުލާ މަތިންދާބޯޓުގެ އިތުރަށް ކަނޑު ބޯޓުތައްވެސް އެޤައުމަށް ވަނުން މަނާކުރައްވަން ނިންމަވާފައިވާ ކަމުގައި ރައީސް ގޮޓަބަޔާ ރާޖަޕަކްސަ ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ. އޭގެ އިތުރަށް މިނިންމެވުން ދެމިގެންދާނީ ކޮވިޑް-19 އާ ދެކޮޅަށް އެޤައުމުން ކުރަމުންދާ މަސައްކަތްތައް ފުރިހަމަވަންދެން ކަމުގައިވެސް ރައީސް ރަޖަޕަކްސަ ވިދާޅުވިއެވެ.
އެޤައުމުގެ ރައީސް އޮފީހުގެ މީޑިޔާ ޑިވިޝަނާ ހަވާލާދީ ލަންކާ ނޫސްތަކުން ބުނެފައިވަނީ ރައީސް ރާޖަޕަކްސަގެ މިނިންމެވުމަށް ޢަމަލުކުރުމަށް މިހާރުން މިހާރަށް ފަށާނެ ކަމުގައެވެ. އަދި އެޤައުމުގައި ކޮވިޑް-19 ގެ ޙާލަތު އަނބުރައި ޢާންމު އާދައިގެ ޙާލަތަށް އިޢާދަވަންދެން މިނިންމުން ދަމަހައްޓާނެ ކަމުގައިވެސް ރައީސް އޮފީހުގެ މީޑިޔާ ޑިވިޝަނާ ހަވާލާދީ ލަންކާ މީޑިޔާތަކުން ބުނެފައިވެއެވެ.
ލަންކާއިން ކޮވިޑް-19 ފެނުމާ ގުޅިގެން އެޤައުމުގައިވެސް ދަނީ ވަރަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިފިޔަވަޅުތައް އެޅުމަށް ބޭނުންވާ އެހީތެރިކަން ހޯދުމުގެ ގޮތުން ލަންކާއިންވަނީ ޗައިނާ އަތުން 500 މިލިއަން ޑޮލަރުގެ ލޯނު އެހީ ހޯދާފައެވެ.
މި ލިއުމާއި ގުޅޭ