Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ކޮވިޑު-19: ޖަކާޓާގައި ކުއްލި ހާލަތު އިއުލާންކޮށްފި

އިންޑޮނެޝިއާގެ ވެރިރަށް ޖަކާޓާގައި ކޮވިޑު-19 އާއި ގުޅިގެން ކުއްލި ހާލަތު އިއުލާންކޮށްފިއެވެ.
އެ ސިޓީގެ ގަވަރުނަރު ވަނީ ކުރިއަށް އޮތް 2 ހަފްތާއަށް އެ ސިޓީގައި ކުއްލި ހާލައު އިއުލާންކޮށްފައެވެ. މިހާތަނަށް އިންޑޮނޭޝިއާގައި 369 މީހުންނަށް ކޮވިޑު-19 ޖެހިފައިވާއިރު 32 މީހުން ވަނީ މަރުވެފައެވެ. 10 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޖަކާޓާގައި 215 މީހުންނަށް އިންފެކްޓުވެ 18 މީހަކު ވަނީ މަރުވެފައެވެ.ޖަކާޓާގައި ކުއްލި ހާލަތު އިއުލާންކޮށް ސްޕާތަކާއި، ބާތައް އަދި ސިނަމާތައް ވަނީ ބަންދުކޮށްފައެވެ. އަދި އާންމު ދަތުރުފަތުރުގެ ހިދުމަތްތައްވެސް ވަނީ މަދުކޮށްފައެވެ. މީގެ އިތުރުން ހުކުރު ނަމާދާއި، ކްރިސްޓިއަނުން ގެ ދީނީ އެއްވުންތައްވެސްޖަކާޓާގައި ވަނީ ހުއްޓުވާފައެވެ.
އިންޑޮނޭޝިއާގެ ރައީށް ޖޯކޯ ވިޑޯޑޯ ވަނީ ކޮވިޑު-19 އާއި ދެކޮޅަށް ދައުލަތުގެ ހުރިހާ ބާރެއް ބޭނުންކުރާނެކަން އިއުލާންކޮށްފައެވެ.
މި ލިއުމާއި ގުޅޭ