Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ކޮވިޑް-19: ޗައިނާ އެތެރެއިން ފެންނަ ކޭސްތަކަށްވުރެ ބޭރުން އަންނަ ކޭސްތައް ގިނަ

ކޮވިޑް-19 ކޮރޯނާ ވައިރަސްގެ ޗައިނާއިން ފެންނަ ކޭސްތަކުގެ ތެރެއިން ގިނަ ކޭސްތަކަކީ މިހާރު އެޤައުމުން ބޭރުން އެތެރެވޭ ކޭސްތަކެއް ކަމުގައި ޗައިނާއިން ހާމަކޮށްފިއެވެ.
އެގޮތުން ފާއިތު ހަތަރުދުވަހުވެސް ޗައިނާގެ އެތެރޭގައި އެކޭސް ފެތުރޭ މިންވަރަށްވުރެ ޗައިނާއިން ބޭރުން އެޤައުމަށް އެތެރެވި ކޭސްތަކުގެ ޢަދަދު އިތުރުވެފައިވެއެވެ. މިސަބަބަށްޓަކައި ޗައިނާގެ ބައެއް ސަރަހައްދުތަކުގައި ބޭރުން އަންނަ ދަތުރުވެރިން މޮނިޓަރކުރުމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.
ހޯމަ ދުވަހު މުޅި ޗައިނާއިން ފެނިފައިވަނީ ކޮވިޑް-19އިގެ 21 ކޭހެކެވެ. އޭގެ ތެއިން 20 ކޭހަކީ ޗައިނާއިން ބޭރުން އެޤައުމަށް ދަތުރުކުރި ދަތުރުވެރިން ކިބައިން އެވައިރަސް ފެނުމުގެ ކޭސްތަކެކެވެ. އަދި ހޯމަދުވަހު 21 ކޭސް ފެނިފައިވާއިރު އޭގެ ކުރީ ދުވަހު ފެނިފައިވަނީ 16 ކޭސްއެވެ.
މުޅި ޗައިނާއިން އެޤައުމުގެ އެތެރޭގައި ކޮވިޑް-19އަށް މީހަކު ޕޮޒިޓިވްވެފައިވަނީ ހޯމަދުވަހު އެންމެ މީހެކެވެ. އެއީ އެންމެ ފުރަތަމަ ފަހަރަށް ރޯގާއާ އެއްގޮތް ކޮވިޑް-19 ކޮރޯނާ ވައިރަސް އިންސާނެއްގެ ހަށިގަނޑުން ފެނުނު ވޫހާން ސިޓީއިންނެވެ.
ހޯމަދުވަހު އަލަށް ފެނުނު 20 ކޭސްގެ ތެރެއިން 9 ކޭހެއް ފެނިފައިވަނީ ބެއިޖިންއިންއެވެ. އެއީ ބެއިޖިންއަށް ޒިޔާރަތްކުރާ ދަތުރުވެރިން ޓެސްޓުކޮށް މޮނީޓާކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވަނިކޮށެވެ. އެގޮތުން ބެއިޖިން ކެޕިޓަލް އިންޓަރނޭޝަނަލް ވައިގެ ބަނދަރުގައި ޚާއްޞަ ސަރަހައްދެއް ބާރުން އަންނަ ފަރާތްތަކަށް ކަނޑައެޅިފައިވެއެވެ. އެސަރަހައްދުގއި ބޭރުން އަންނަ ހުރިހާ ފަރާތްތަކެއްގެ ޞިއްޙީ ސުކްރީން ކުރުމުގެ މަސައްކަތް ޗައިނާއިން ކުރެއެވެ.
އަދި އެތަނުން ޓުރާންސިޓު ފަސިންޖަރުން ޓުރާންސިޓުކުރާ ފުލައިޓުތަކަށް ފޮނުވާލުމަށްފަހު ޗައިނާއަށް އެތެރެވާ ފަސިންޖަރުން ގެންދަނީ 14 ދުވަހުގެ ލާޒިމު ކަރަންޓީނަކަށް އެކަމަށް ޚާއްޞަކުރެވިފައިވާ ތަންތަނަށެވެ. އަދި ބެއިޖިންއިން ވަނީ އެޝަހަރުގެ އައު އެއާޕޯޓު ބަންދުކޮށްފައިވެއެވެ.
މި ލިއުމާއި ގުޅޭ