Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

އެމެރިކާއަށް 5 ލައްކަ ކޮވިޑު-19 ޓެސްޓު ކިޓް ހަދިޔާ ކުރަން ޖެކްމާ ނިންމައިފި

ޗައިނާގެ އެންމެ މުއްސަނދި މީހާ އަދި ދުނިޔޭގެ 20 ވަނައަށް އެންމެ މުއްސަނދި މީހާ ކަމުގައިވާ ޖެކްމާ އެމެރިކާ އަށް 5 ލައްކަ ކޮވިޑު-19 ޓެސްޓު ކިޓް ހަދިޔާ ކުރަން ނިންމައިފިއެވެ.
ޖެކްމާ ވަނީ 5 ލައްކަ ޓެސްޓު ކިޓު ގެ އިތުރުން 1 މިލިއަން މާސްކުވެސް އެމެރިކާއަށް ހަދިޔާކުރަން ނިންމާފައެވެ. ޖެކްމާ ގެ އަލީބާބާ ފައުންޑޭޝަނުން ވަނީ އެމެރިކާގެ އިތުރުން މި ވައިރަހުގެ އަސަރުކޮށްފައިވާ އެހެނިހެން ޤައުމުތައް ކަމަށްވާ ޖަޕާން، ކޮރެއާ، އިޓަލީ، އިރާން އަދި ސްޕެއިންއަށްވެސް އެހީވެފައެވެ.
ޖެކްމާ އެމެރިކާއަށް އެހީވުމަށް ނިންމާފައި މިވަނީ އެ ޤައުމުގައި ޓެސްޓު ކިޓްތައް މަދުވެ ގިނަ އަދަދެއްގެ މީހުންނަށް ޓެސްޓު ނުކުރެވިގެން އުޅެނިކޮށެވެ. އެމެރިކާގެ ބައެއް ސްޓޭޓުތަކުގައި ކޮވިޑު-19 އަށް ޓެސްޓުކޮށްދެނީވެސް ފައިސާ ދައްކައިގެންނެވެ.
އެމެރިކާ ސަރުކާރުން އެންމެ ފުރަތަމަ ކޮވިޑު-19 އެހާ ސީރިއަސްކޮށް ނުނަގައެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ވަނީ އެއީ އާދައިގެ ރޯގާއެއް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިހާރު އެ ވައިރަސް ފެތުރެން ފެށުމުން އެމެރިކާއިން ވަނީ ކުއްލި ހާލަތު އިއުލާންކޮށްފައެެވެ.
ކޮވިޑު-19 ޖެހުނު މީހުންގެ އަދަދު ލައްކައަކަށްވުރެ ގިނަވެފައިވާއިރު މިހާތަނަށް 4000 މީހުންވަނީ މަރުވެފައެވެ. އެންމެ ބޮޑަށް މި ވައިރަސް މިހާރު ފެތުރެމުންދަނީ ހުޅަނގުގެ ޤައުމުތަކުގައެވެ.
މި ލިއުމާއި ގުޅޭ