Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ކަރަންޓު އަދި ފެންބިލް ވަގުތީ ގޮތުން ދައްކަން ނުޖެހޭ ގޮތަށް އިޓަލީ ސަރުކާރުން ހަމަޖައްސައިފި

ޔޫރަޕުގައި އެންމެ ގަދައަށް ކޮވިޑު-19 ވައިރަސް ފެތުރިފައިވާ އިޓަލީ ވިލާތުން އެ ޤއުމުގެ ރައްޔިތުން ދައްކަން ޖެހޭ އެކިއެކި ބިލްތައް ވަގުތީ ގޮތުން ދައްކަން ނުޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ.
މިގޮތުން ކަރަންޓު، ފެން، އަދި ގޭސް ފަދަ ބިލްތަކާއި މޯގޭޖަށް ދައްކަން ޖެހޭ ފައިސާ ދައްކަން ނުޖެހޭ ގޮތަށް އިޓަލީގެ ސަރުކާރުން ވަނީ ނިންމާފައެވެ. މި ނިންމުން ނިންމާފައިވަނީ ކޮވިޑު-19 އާއި ގުޅިގެން އެ ޤައުމަށް ކުރިމަތިވެފައިވާ ހާލަތުގެ ސަބަބުންނެވެ.
ކޮވިޑު-19 ފެތުރުމާއި ގުޅިގެން މުޅި އިޓަލީ އޮތީ އެއް މަސްވަންދެން ކަރަންޓީނުކޮށްފައެވެ. އެ ޤައުމުގެ އިޤްތިސާދު މިހާރު އޮތީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. އަދި މިއީ ޔޫރަޕުގެ ތިންވަނައަށް އެންމެ ބޮޑު އިޤްތިސާދަށްވާއިރު އެ ޤައުމުގެ އިޤްތިސާދަށް ވާގޮތަކުން އެހެން ޤައުމުތަކަށްވެސް އަސަރު ކުރާނެކަމަށް އިޤްތިސާދީ މާހިރުން ލަފާކުރެއެވެ.
އާންމުންނަށް ފަސޭހަވާނެ ގޮތަށް ގިނަ ކަންތައްތައް އިޓަލީގެ ސަރުކާރުން ހަމަޖައްސާފައިވާއިރު ކުޑަ ވިޔަފާރިތަކަށް ވެސް ބައެއް ކަހަލަ ފީތައް ދެއްކުން އިޓަލީ ސަރުކާރުން ވަނީ ފަސްކޮށްދީފައެވެ.
އިޓަލީ ސަރުކާރުން މިފަދަ ނިންމުންތަކެއް ނިންމާފައިވާއިރު، އިރާނުގެ ސަރުކާރުން ވަނީ އެ ޤައުމުގެ ހުރިހާ ރައްޔިތުންނަށް 100 ޖީބީގެ އިންޓަނެޓު ހިލޭ ދިނުމަށް ނިންމާފައެވެ.
މި ލިއުމާއި ގުޅޭ