Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

އޮސްޓްރިއާ އާއި ކްރޮއޭޝިޔާ އިން ވެސް ކޮވިޑް-19 ވައިރަސް ފެނިއްޖެ

އިރުމަތީ ޔޫރަޕްގެ ޤައުމުތައް ކަމަށްވާ އޮސްޓްރިޔާ އާއި ކްރޮއޭޝިޔާއިން ވެސް ކޮވިޑް-19 ފެނިއްޖެއެވެ. ޑެއިލީ މެއިލް އިން ރިޕޯޓްކޮށްފައިވާ ގޮތުގައިއޮސްޓްރިއާ އިން ކޮވިޑް19 އަށް 2 މީހަކު ޕޮޒިޓިވް ވެފައިވާ އިރު ކްރޮއޭޝިޔާއިން ވެސް ވަނީ އެ ވައިރަސް ޖެހިފައިވާ މީހަކު ފެނިފައެވެ.
އޮސްޓްރިއާއިން ކޮވިޑް ވައިރަހަށް ޕޮޒިޓިވް ވީ އިޓަލީއަށް ނިސްބަތްވާ ދެ މީހެކެވެ. އަދި ކްރޮއޭޝިޔާއިން ކޮވިޑް19 އަށް ޕޮޒިޓިވް ވި މީހާ އަކީ ވެސް އިޓަލީއަށް ދަތުރުކުރި މީހެކެވެ.
ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން އެންމެ ބާރަށް ކޮވިޑް19 ވައިރަސް ފެތުރެމުން ދަނީ އިޓަލީގައެވެ. އެ ގައުމުގެ އުތުރުގެ ހިސާބުތަކުގައި ކޮވިޑް ވައިރަސް ބާރަށް ފެތުރެމުން އަންނައިރު 283 މީހަކަށް އެ ވައިރަސް ޖެހި 7 މީހަކު ވަނީ މަރުވެފައެވެ.
އެހެންވެ އިޓަލީއަށް ދަތުރު ނުކުރުމަށް ބައެއް ގައުމުތަކުން ވަނީ އެ ގައުމުތަކުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.
މުޅި ދުނިޔެއިން މިހާތަނަށް 80،000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް19 ވައިރަސް ޖެހިފައިވާއިރު އެ ވައިރަސް ޖެހިގެން 2700 އަށް ވުރެ މަތީގައެވެ.
މި ލިއުމާއި ގުޅޭ