Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ޒޫތަކުގެ ބޭނުމަށް އެތުގެ ވިޔަފާރިކުރުން ގާތް ގަނޑަކަށް މަނާވެއްޖެ

އެތުގެ ޠަބީޢީ މާހައުލުން ހިފާ އެފުރިކާ އެތް ޒޫތަކުގެ ބޭނުމަށް ވިޔަފާރިކުރުން މަނާކުރުމަށް ދިރުންތަކުގެ ބައިނަލްއަޤުވާމީ ވިޔަފާރި ރެގިއުލޭޓުކުރާ ފަރާތްތަކުން އެއްބަސްވެއްޖެއެވެ. މިއެއްބަސްވުމާ ގުޅިގެން ދިރުންތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ ފަރާތްތަކުން ބުނެފައިވަނީ މިނިންމުމަކީ މުސްތަޤުބަލަށްޓަކައި ވަރަށް މުހިއްމު ރަނގަޅު ނިންމުމެއް ކަމުގައެވެ.
މިނިންމުމާ ހަމައަށް ވާޞިލުވެފައިވަނީ، ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރުންތަކުން ވިޔަފާރިކުރުމާ ގުޅޭ އެއްބަސްވުމުގައި، ބައިވެރިވާ ދައުލަތްތަކުގެ މެދުގައި ވަރަށް ހޫނު ބަހުސްތަކެއް ކުރެވުމަށް ފަހުގައެވެ. މިބަހުސްތައް ކުރިއަށް ދިޔައީ ޖެނީވާގައެވެ. ޒިންބާބުވޭއިން މިނިންމުމާ ދެކޮޅު ހަދައި މިވޯޓު ހުއްޓުވުމަށްވެސް މަސައްކަތްކޮށްފައިވެއެވެ. އެހުރިހާ މަސައްކަތެއްވަނީ ނާކާމިޔާބުވެފައެވެ. ޒިންބާބުވޭއާއި ބޮޓްސްވާނާއަކީ އެފުރިކާއިން ބޭރަށް ހައިވާން ބަގީޗާތަކުގެ ބޭނުމަށް އެތް އެންމެ ގިނައިން ބޭރުކުރާ ދެ ޤައުމެވެ. އެމެރިކާއިންވެސް މިނިންމުމާ ދެކޮޅަށް ވޯޓުދީފައިވެއެވެ. ނަމަވެސް ޖުމްލަ 87 ޤައުމަކުން ތާއީދުކޮށް،29 ޤައުމަކުން ދެކޮޅަށް ވޯޓު ދިނުމާއެކު، އެވޯޓަށް 25 ޤައުމުން ޙާޒިރުވެފައި ނުވުމާއެކު، މިފަދަ ނިންމުމެއް ފާސްވުމަށް ބޭނުންވާ ދެބައިކުޅަ ތިންބައި އަޣުލަބިއްޔަތާއެކު މިނިންމުންވަނީ ފާސްވެފައެވެ.
މިނިންމުމުގެ އަސަރު ދެމިގެންދާނީ އެފުރިކާ އެތަށެވެ. މިހާރުވެސް އޭޝިޔާ އެތަށް ބައިނަލްއަޤުވާމީ ވިޔަފާރިން ސަލާމަތްވެވޭނެ ރައްކާތެރިކަން ލިބިފައިވެއެވެ.
މި ލިއުމާއި ގުޅޭ