Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ކެމްބޯޑިޔާގެ އިދިކޮޅު ލީޑަރުގެ މައްޗަށް ޚިޔާނާތުގެ ދަޢުވާ އުފުލައިފި

ކެމްބޯޑިއާގެ އިދިކޮޅު ލީޑަރު ކެމް ސޯކާގެ މައްޗަށް ޚިޔާނާތުގެ ދަޢުވާ އުފުލައި، ޝަރީޢަތް ފަށައި ދަޢުވާ އުފުލައިފިއެވެ. ޚިޔާނާތުގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށްފައި ހުންނަތާ ގާތްގަނޑަކަށް ދެ އަހަރު ދުވަސް ފަހުން އޭނާގެ މައްޗަށް ދަޢުވާ އުފުލައި ޝަރީޢަތް ފަށާފައިވަނީ ބުދަދުވަހުއެވެ.
ބުދަދުވަހު ކެމް ސޯކާގެ މައްޗަށް ޝަރީޢަތް ފަށާފައިވާއިރު، އިންސާނީ ޙައްޤުތަކާ ޚިލާފުވެފައިވާ ކަމުގެ ތުހުމަތުގައި ކެމްބޯޑިއާއަށް ވިލާތުގެ އިއްތިޙާދުން ދީފައިވާ ވިޔަފާރީގައި ޚާއްޞަ އިސްކަމެއް ދިނުމުގެ ޙައްޤު އަނބުރައި ގެންދިއުމުގެ އިންޒާރު އެޖަމާޢަތުން ދީފައިވެއެވެ. އަދި ޚާއްޞަ އިސްކަމެއް ދިނުމާ ގުޅޭ ޙައްޤު އަނބުރައި ގެންދިއުމާ ގުޅޭ ގޮތުން އެޖަމާޢަތުގައި މަޝްވަރާތައް ފަށާފައިވާ ކަމުގައިވެސް އެޖަމާޢަތުން ބުނެފައިވެއެވެ.
ކެމްބޯޑިއާގެ ކެމްބޯޑިއާ ނޭޝަނަލް ރެސްކިއު ޕާޓީގެ ރައީސް ކެމް ސޯކާ ހައްޔަރުކޮށްފައިވަނީ 2017ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 3ވަނަ ދުވަހުއެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ދަޢުވާއަކީ ޤައުމަށް ޚިޔާނާތްތެރިވެވަޑައިގެން، އެމެރިކާއާ ގުޅިގެން އެޤައުމުގެ ގިނަ ދުވަސްވީ ވެރިޔާ ހަމް ސެންގެ ވެރިކަން ވައްޓައިލައްވަން އުޅުއްވި ކަމުގެ ދަޢުވާއެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ ޕާޓީއަށް ކެމްބޯޑިޔާގައި އޮތް ތާއީދު ވަރަށް ބޮޑަށް އިތުރުވެ، ސަރުކާރާމެދު ނުރުހުން ރައްޔިތުންގެ މެދުގައި އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އޭނާ ހައްޔަރުކޮށް ޚިޔާނާތުގެ ތުހުމަތުކޮށްފައިވަނީ 2013ވަނަ އަހަރުގައި އޮސްޓްރޭލިއާގައި ދެއްވި ތަޤުރީރެއްގައި ކެމް ސޯކާ ދެއްކެވި ވާހަކަފުޅެއްގެ މައްޗަށް ބިނާކޮށެވެ. މިތަޤުރީރަކީ ދަޢުވާ އުފުލުމުގެ ކުރިންވެސް ފެންނަން އޮތް ޢާންމުކޮށްފައިވާ ތަޤުރީރެކެވެ.
އޭނާގެ މައްޗަށް އުފުލާފައިވާ ދަޢުވާ ސާބިތުވެއްޖެނަމަ، 30 އަހަރު ދުވަހުގެ ދިގު ޖަލު ޙުކުމެއް އޭނާގެ މައްޗަށް އައުން އެކަށީގެންވެއެވެ.
މި ލިއުމާއި ގުޅޭ