Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ސުލާމާނީ މެރުމަށް އަމުރުކުރީ ހަނގުރާމައެއް ފެށިޔަ ނުދިނުމަށް، ހަނގުރާމައެއް ފަށާކަށް ނޫން: ޓްރަމްޕް

އީރާނުގެ ޢަސްކަރީ ކޮމާންޑަރު ޤާސިމް ސުލައިމާނީ ޤަތުލުކުރުމަށް އަމުރުކުރެއްވީ ހަނގުރާމައެއް ފެށިޔަނުދެއްވުމަށް ކަމުގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕު ވިދާޅުވެއްޖެއެވެ. ޓްރަމްޕު އިޝާރާތްކުރެއްވި ގޮތުގައި މެދުއިރުމަތީގައި އެމެރިކާ މީހުންނަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާތަކެއް ސުލައިމާނީ ރޭއްވެވިއެވެ.
ފްލޮރިޑާގައި ހުންނަ ޓްރަމްޕުގެ އަމިއްލަ ރިސޯރޓެއް ކަމުގައިވާ މާރްއަލާގޯގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ޓްރަމްޕު ވިދާޅުވީ، އެމެރިކާގެ ނޫސްވެރިންނާއި ޑިޕްލޮމެޓުންނާއި ސިފައިންނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ސުލައިމާނީ ރާއްވަމުން ގެންދެވި ކަމުގައެވެ. އެހެންކަމުން އެމެރިކާއިން އޭނާ ހުއްޓުވީ ކަމުގައިވެސް ޓުރަމްޕު ވިދާޅުވިއެވެ.
އަދި ޢިރާޤުގައި ހުންނަ އެމެރިކާގެ މުހިއްމު ބައެއް އަމާޒުތަކަށް ފަހަކަށް އައިސް ދީފައިވާ ހަމަލާތަކާއި އެމެރިކާގެ ސަފާރާއަށް އަރައިގަތް ގަތުމުގެ ފަހަތުގައި ހުރި ފަރާތަކީ ސުލައިމާނީ ކަމުގައިވެސް އެމެރިކާ ރައީސް ތުހުމަތުކުރެއްވިއެވެ. އަދި އޭގެ އިތުރުން ޓްރަމްޕު ވިދާޅުވީ އަވައްޓެރި ޤައުމުތަކުގެ ހަމަޖެހުން ނަގައިލުމަށް އެޤައުމުތަކުގެ ތެރޭގައި ހަތިޔާރުއެޅި ހަނގުރާމަވެރި ޖަމާޢަތްތައް އުފައްދައި ބޭނުންކުރުން މިހާރު އީރާނުން ހުއްޓާލަން ޖެހޭ ކަމުގައެވެ.
ޓްރަމްޕު ޔަޤީންކޮށްދެއްވި ގޮތުގައި އީރާނުގައި އޮތް ވެރިކަމުގެ ނިޒާމު ބަދަލުކޮށްލުމުގެ ވިސްނުމެއް އަދި ނިޔަތެއްވެސް އެމެރިކާ ކިބައިގައި ނެތެވެ. އަދި އީރާނު ރައްޔިތުންނަށް ވަރަށް ބޮޑަށް އިޙުތިރާމުކުރައްވާ ކަމުގައިވެސް ޓްރަމް ވިދާޅުވިއެވެ.
އީރާނުގެ އިންޤިލާބީ ލަޝްކަރުގެ ޤުދުސް ފޯރސްގެ ކޮމާންޑަރު ޤާސިމް ސުލައިމާނީ މަރާލާފައިވަނީ ހުކުރު ދުވަހުގެ ފަތިސް ވަގުތުގައި ރޮކެޓު ހަމަލާއެއް އަމާޒުކޮށްގެން އެމެރިކާއިންނެވެ. މިހަމަލާ ދީފައިވަނީ ޢިރާޤު އެއާޕޯޓު ކައިރިން ސުލައިމާނީއާއި ޢިރާޤު ހަނގުރާމަވެރި ޖަމާޢަތެއްގެ އިސްވެރިޔާ އަބޫ މަހްދިލް މުހަންދިސް ދަތުރުކުރެއްވި ކާރަށް އަމާޒުކޮށެވެ.
މި ލިއުމާއި ގުޅޭ