Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

މުޒާހަރާތަކާއި ގުޅިގެން އިންޑިއާއަށް ފަތުރުވެރިން ޒިޔާރަތް ކުރާ މިންވަރު މަދުވެއްޖެ

އިންޑިއާގައި ފާސްކުރި ރަށްވެހިކަމުގެ ޤާނޫނާއި ގުޅިގެން އެ ޤައުމުގައި މުޒާހަރާތައް ކުރަމުންދާތީ އެ ޤައުމަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މަދުވެއްޖެއެވެ.
އިންޑިއާގެ އޮފިޝަލުން ހާމަކޮށްފައިވާ ގޮތުގައި ފާއިތުވި ހަފްތާގައި އެކަނި، 2 ލައްކަ ފަތުރުވެރިން ވަނީ އިންޑިއާގެ ތާޖު މަހަލްއަށް ޒިޔާރަތް ކުރަން ރާވާފައިވާ ދަތުރުތައް ކެންސަލްކޮށްފައެވެ. ތާޖު މަހަލް އަކީ އިންޑިއާއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ މެދުގައި މަޤްބޫލު މަންޒިލެކެވެ.
ތާޖުމަހަލް އަށް ޒިޔާރަތް ކުރާ ފަތުރުވެރިން ޑިސެމްބަރު މަސްތެރޭ 60 އިންސައްތަ މަދުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އޭގެ ސަބަބުން އެ ސަރަހައްދުގައި ހުންނަ ހޮޓާތަކަށްވެސް ވަނީ ބޮޑެތި ގެއްލުންތަކާއި ކުރިމަތިވެފައެވެ. މީގެ އިތުރުން މުޒާހަރާތަކަށް ހުރަސް އެޅުމަށްޓަކައި އިންޑިއާ ސަރުކާރުން އިންޓަނެޓުގެ ހިދުމަތް މެދުކެނޑުމުގެ ސަބަބުންވެސް ފަތުރުވެރިކަމަށް ވަނީ އަސަރުކޮށްފައެވެ.
މުޒާހަރާ ތަކުގައި މިހާތަނަށް 25 މީހުން މަރުވެފައި ވާއިރު 7 ޤައުމަކުން ވަނީ އިންޑިއާއަށް ދަތުރު ނުކުރުމަށް އެ ޤައުމުތަކުގެ ރައްޔިތުންނަށް އަންގާފައެވެ. ދިވެހިރާއްޖެއިންވެސް ކޮންމެ އަހަރަކު ގިނަ އަދަދެއްގެ މީހުން އިންޑިއާއަށް ޒިޔާރަތް ކުރެއެވެ. ނަމަވެސް ރާއްޖޭގެ ސަރުކާރުން އަދި މިފަދަ ބަޔާނެއް ނެރެފައި ނުވެއެވެ. ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީއިންވެސް ވަނީ އިންޑިއާ އަށް މި ދަނޑިވަޅުގައިވެސް ޒިޔާރަތް ކުރުން ރައްކާތެރިކަމަށް ބުނެފައެވެ.
މި ލިއުމާއި ގުޅޭ