Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ދެކުނު ކޮރެއާ އަދި ޖަޕާނުގެ ވެރިން 2019 ވަނަ އަހަރު ފުރަތަމަ ފަހަރަށް ބައްްދަލުކުރައްވައިފި

ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ދެކުނު ކޮރެއާގެ ރައީސް މޫން ޖައޭ އާއި ބައްދަލުކުރައްވައިފިއެވެ.
މިއީ މިދެ ގައުމުގެ ވެރިން، އެއްބޭފުޅަކުން އަނެއް ބޭފުޅަކާ މިއަހަރު ތެރޭ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ވެރިންވެސް ވަނީ ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރުމަށް މަސައްކަތް ކުރެއްވުމާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
މިއީ ދެ ޤައުމުގެ ދެމެދުގައި 15 މަސްދުވަސް ތެރޭ ބޭއްވޭ މިފަދަ ފުރަތަމަ ބައްދަލުވުމެވެ. ދެ ޤައުމުގެ ގުޅުން ގޯސްވެފައިވަނީ ވިޔަފާރީގެ ކަންކަމުގައި އެއްބަސްވުމަކާއި ހަމައަށް ވާސިލުނުވެގެންނެވެ. އަދި ޖަޕާނަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ކޮރެއާ ހިސާރުކޮށް އެތައް ބަޔަކު މަރާފައިވާ ޤައުމަކަށް ވުމުން އެ ނުތަނަވަސްކަންވެސް އަދިވެސް ދެ ޤައުމުގެ ދެމެދުގައިއޮވެއެވެ.
ޖަޕާނަކީ ދުނިޔޭގެ 4 ވަނައަށް އެންމެ ބޮޑު އިޤްތިސާދެވެ. އަދި ކޮރެއާއަކީވެސް ކުރިއަރާފައިވާ ބޮޑު އިޤްތިސާދެކެވެ.
މި ލިއުމާއި ގުޅޭ