Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

އަލްޖީރިއާގެ ސިފައިންގެ ވެރިޔާ އަވަހާރަވެއްޖެ

އަލްޖީރިއާގެ ސިފައިންގެ ވެރިޔާ އަވަހާރަވެއްޖެއެވެ.
އެ ޤައުމުގެ ސިފައިންގެ ވެރިޔާކަމަށްވާ ލެފްޓިނެންޓް ޖެނެރަލް އަހްމަދު ގައިދު ސަލާހު އަވަހާރަވީ އީއްޔެގެ ވަގުތެއްގައެވެ. ޖެނެރަލް އަހްމަދަކީ އެ ޤައުމުގެ އަސްކަރިއްޔާގެ ވަރަށް ނުފޫޒުގަދަ ފަރާތެކެވެ. އަދި އަލްޖީރިއާގެ ކުރީގެ ރައީސް އަބްދުލްއަޒީޒް އެ މަޤާމުން ދުރު ކުރުމުގައި މުހިންމު ރޯލެއް އަދާކުރި ފަރާތެކެވެ.
ޖެނެރަލް އަހްމަދު އަވަހާރަވިއިރު އުމުރަކީ 79 އަހަރެވެ. އަދި އަހްމަދު އަވަހާރަ މިވީ އަލްޖީރިއާއަށް އާ ރައީސަކު އިންތިހާބު ވިތާ މަދު ހަފްތާތަކެއްގެ ތެރޭގައެވެ. އެ ޤައުމުގެ އާ އަރީށް އަބްދުލްމާޖިދް މިހާރުވަނީ ސަލަމަތީ ބާރުތައް ވަގުތީ ގޮތުން ޖެނެރަލް ސައިދު ޗެންގްރިހާ އާއި ހަވާލު ކުރައްވާފައެވެ.
އަލްޖީރިއާ އަކީ އުތުރު އެފްރިކާގައި އޮންނަ އިސްލާމީ ޤައުމެކެވެ. އަދި އަލްޖީރިއާ ގައި ގިނައިން އުޅެނީ އަރަބިންނެވެ. އަލްޖީރިއާއަކީ ތެލުގެ ގޮތުންވެސް ވަރަށް މުއްސަނދި ޤައުމެކެވެ.
މި ލިއުމާއި ގުޅޭ