Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

އިންޑިއާގެ މުޒާހަރާތަކުގައި 21 މީހަކު މަރުވެއްޖެ

މުސްލިމުން ރައްޔިތުކަމުން އިސްތިންސާވާ ގޮތަށް އިންޑިއާ އިން ފާސްކޮށްފައިވާ ރަށްވެހިކަމުގެ ބިލާއި ދެކޮޅަށް އިންޑިއާގައި މިހާރު ކުރަމުންދާ މުޒާހަރާތަކުގައި 21 މީހަކު މަރުވެފައިވާކަމަށް ރިޕޯޓުކޮށްފިއެވެ.
މަރުވި 21 މީހުންގެ ތެރެއިން 15 މީހުން މަރުވެފައިވަނީ އުއްތަރު ޕްރަދޭޝް އިންނެވެ. އަދި މުޒާހަރާ ތަކުގައި 263 ފުލުހުންނަށް އަނިޔާވެފައިވާ ކަމަށް އިންޑިއާގެ ފުލުހުން ވަނީ ހާމަކޮށްފައެވެ. މަރުވި މީހުންގެ ތެރޭގައި އެންމެ 8 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކުވެސް ހިމެނޭކަމަށް މައުލޫމާތު ލިބެއެވެ.
މުޒާހަރާ ކުރާ މީހުން ދަނީ، އަލަށް ފާސްކުރި ރަށްވެހި ކަމުގެ ޤާނޫނު އުވާ ނުލަނީސް މުޒާހަރާ ކުރުން ހުއްޓާ ނުލާނެކަމަށް ބުނެފައެވެ. އިންޑިއާގެ ވަރަށް ގިނަ ސިޓީތަކުގައި މުޒާހަރާތައް ދަނީ ކުރަމުންނެވެ. މިގޮތުން އިންޑިއާގެ އުތުރުގައި އޮންނަ އައްސާމާއި، ވެރިރަށް ދިއްލީގައިވެސް މުޒާހަރާތަށް ވަރަށް ގަދަޔަށް އީއްޔެއާއި މިއަދުވެސް ވަނީ ކޮށްފައެވެ.
މުޒާހަރާތަކުގައި، ހަރުކަށި ހިންދޫ ޓެރަރިސްޓުންވަނީ އާންމު ރައްޔިތުންނާއި ކުރިމަތިލާއި އާންމުންނަށް ގެއްލުންދީފައިކަން ފާހަގަކޮށްލެވެއެވެ.
މި ލިއުމާއި ގުޅޭ