Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ކޮންޒަވޭޓިވް ޕާޓީއިން އިނގިރޭސި އާންމު އިންތިހާބު ކާމިޔާބުކޮށްފި

އިނގިރޭސި ވިލާތުގައި ބޭއްވުނު އާންމު އިންތިހާބު އެ ޤައުމުގެ ކޮންޒަވޭޓިވް ޕާޓީއިން ކާމިޔާބުކޮށްފިއެވެ.
އެ ޕާޓީއަކީ އިނގިރޭސި ބޮޑުވަޒީރުކަން މިހާރުވެސް ކުރައްވަމުން ގެންދަވާ ބޮރިސް ޖޯންސަންގެ ޕާޓީއެވެ. ކޮންޒަވޭޓިވް ޕާޓީ އިން އިންތިހާބު ކާމިޔާބު ކުރީ ވަރަށް ބޮޑު މެޖޯރިޓީ އަކާއި އެކުގައެވެ.
މިގޮތުން މިހާތަނަށް ކޮންޒަވޭޓިވް ޕާޓީއަށް 364 ގޮނޑިވަނީ ކަށަވަރުވެފައެވެ. ދެން އެންމެ ގިނަ ގޮނޑި ލިބުނީ ލޭބާ ޕާޓީއަށެވެ. އެ ޕާޓީއަށް ލިބިފައިވަނީ 203 ގޮނޑިއެވެ. ކޮންޒަވޭޓިވް ޕާޓީ އަކީ އިނގިރޭސި ވިލާތް ޔޫރަޕުގެ އިއްތިހާދުން ބޭރުކުރަން ތާއީދު ކުރާ ޕާޓީއެކެވެ.
އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ އަންނަ މަހު އިނގިރޭސި ވިލާތް މުޅިން އެއްކޮށް ޔޫރަޕުގެ އިއްތިހާދުން ބޭރު ކުރާނެ ކަމަށް ވިދާޅުވެފައެވެ. އަދި މިހާރު ލިބުނު މެޖޯރިޓީއާއި އެކު ކޮންޒަވޭޓިވް ޕާޓީއަށް އެކަން ކުރެވޭނެ ކަމަށް ބެލެވެއެވެ.
މި ލިއުމާއި ގުޅޭ