Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ސަމޯއާގައި ހިމަބިހި ހަލުއިކޮށް ފެތުރި 70 މީހުން ނިޔާވެއްޖެ

ހިމަބިހި ހަލުއިކަމާއެކު، ސަމޯއާގައި ފެތުރި އެބަލީގައި 70 މީހުން ނިޔާވެއްޖެ ކަމުގެ މަޢުލުމާތު ބައިނަލްއަޤުވާމީ ޚަބަރުފަތުރާ ވަސީލަތްތަކުން ރިޕޯޓުކޮށްފިއެވެ. އެނޫސްތަކުން ބުނާގޮތުގައި ނިޔާވެފައިވާ މީޙުންގެ ބޮޑު ބައަކީ ކުޑަކުދިންނެވެ.
ހޯމަދުވަހުގެ ހެދުނުގެ ކުރިން ފާއިތުވި 24 ގަޑިއިރުތެރޭގައި އެކަނިވެސް ހިމަބިހި ޖެހިގެން 112 އާ މައްސަލަ ރެކޯޑުކުރެވިފައިވެއެވެ. މިދޔަ ހަފުތާގައި މުޅި އެޤައުމު ބަންދުކޮށް ހަލުއިކޮށް ވެކްސިންދިނުމުގެ ބޮޑު ހަރަކާތެއް އެޤައުމުގައި ހިންގާފައިވެއެވެ. މިހާހަމައަށްވެސް އެޤައުމުގައި ކުއްލި ޙާލަތު އިޢުލާނުކޮށްފައިވެއެވެ. އަދި 19 އަހަރުން ދަށުގެ ކުދިންނަށް ޢާންމުން އެއްވެ އުޅޭ ތަންތަނަށް ނުކުތުން މިއަދާ ހަމައަށްވެސް އޮތީ މަނާކޮށްފައެވެ.
200،000 މީހުންގެ އާބާދީއެއް އޮންނަ ސަމޯއާގައި މީޒަލްސް ނުވަތަ ހިމަބިހި ފެތުރެން ފެށިއިރު، އެޤައުމުގެ އާބާދީގެ 70%ވަނީ ވެކްސިން ނުޖަހައެވެ. އެބަލި ހަލުއިދުވެލީގައި ފެތުރެން ފެށުމާ ގުޅިގެން ސަރުކާރުން އެކަމަށް ޚާއްޞާ ހަރަކާތެއް ހިންގައި އެހަރަކާތުގައި އެޤައުމުގެ މުޅި އާބާދީގެ 90% މީހުންނަށް މިހާރުވަނީ ވެކްސިން ދީފައެވެ. ނަމަވެސް ،މިވެކްސިންގެ ފުރިހަމަ އަސަރެއް ފެންނަން 14 ދުވަސް ހޭދަވާނެތީ އަދި ހިމަބިހި ފެތުރުން އޭގެ އެންމެ މަތީ ކުންނަށް ވާޞިލުވެ ނިމިއްޖެ ކަމުގައި ނުބުނެވޭނެއެވެ.
ހިމަބިހީގެ 4693 މައްސަލައެއް ފާއިތުވި ދުވަސްތަކުގައި ސަމޯއާގައި ރެކޯޑުކުރެވިފައިވެއެވެ. މިވަގުތު އެބަލީގެ ފަރުވާ ހޯދުމަށް ހަސްފަތާލުގައި އެދުމަތިކުރެވިފައި 229 މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި ނުރައްކާތެރި ޙާލަތުގައި ތިބި 16 ކުޑަކުދިންވެސް ހިމެނެއެވެ.
ހިމަބިހި ބަލި އެންމެ ނުރައްކާވަނީ ކުޑަކުދިންނަށެވެ. ޚާއްޞަކޮށް ތުއްތުކުދިންނަށެވެ. ސަމޯއާގައި މިބަލީގައި ނިޔާވެފައިވާ 70 މީހުންގެ ތެރެއިން 61 ފަރާތަކީ ކުޑަކުދިންނެވެ.
މި ލިއުމާއި ގުޅޭ