Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ވިހި އަހަރަށްފަހު، ފަލަސްޠީނު މަންމައަކާއި ދަރިފުޅު އެއްތަންވުން

ފަލަސްޠީނު ނޫސްވެރިޔާ އަމްޖަދު ޔާޣީގެ ޢުމުރުން އެންމެ ނުވަ އަހަރުގައި އޭނާގެ މަންމަ މިޞްރަށް ދިޔައީ ޞިއްޙީ ފަރުވާ ހޯދުމަށެވެ. އެދަތުރަކީ ކުރު ދަތުރެއްގެ ގޮތުގައި ރޭވިފައި އޮތް ދަތުރެކެވެ. ޣައްޒާއިން މިޞްރަށް އޭނާގެ މަންމަ ދިޔައީ ވަރަށް އަވަހަށް އަނބުރައި ޣައްޒާއަށް ދަރިފުޅު ގާތަށް އައުމުގެ އުންމީދުގައެވެ.
ނަމަވެސް މިހަފުތާގައި އުފައުވެރި އެއްތަންވުމަކުން އެދެމައިން އެއްފަސްގަނޑެއްގައި ބައްދަލުވުމާ ހަމައަށް، 20 އަހަރު އެދެމީހުން އެކަކު އަނެކަކު ނުދެކެއެވެ.
1999ވަނަ އަހަރުގައި މިޞްރަށް ބޭސްފަރުވާއަށް އައި ނީވީން ޒުހައިރަށް ޣައްޒާއަށް އަނބުރައި އިޢާދަވާނެ ޖާގައެއް ނުލިބުނެވެ. އޭނާގެ ބުރަކަށީގައި ހުރި ޑިސްކު މައްސަލައަކާ ގުޅިގެން ލިބޭ ވޭނުގެ ސަބަބުންނެވެ. އެކަމުގައި އޭނާއަށް އޮޕަރޭޝަންކުރުންވަނީ ލާޒިމުވެފައެވެ.
14 ފަހަރެއްގެ މަތިން އޭނާގެ މަންމަ ދެކިލުމަށް އަމްޖަދު ގަދައަށް މަސައްކަތްކުރި ނަމަވެސް އެކަން ކުރެވޭނެ ގޮތެއް ނުވިއެވެ. ޑިމޮކްރެޓިކް އިންތިޚާބުން ޣައްޒާގެ ވެރިކަމަށް 2007ވަނަ އަހަރުގައި ޙަމާސް އައުމާއެކު މިޞްރާއި އިސްރާއީލުން ޣައްޒާވަނީ ޙިޞާރަކޮށް ބަންދުކޮށްފައެވެ. އެކަމުގެ ސަބަބުން ޣައްޒާ ދޫކޮށް މަންމަ ގާތަށް ދިއުމަށް އަމްޖަދުކުރި ހުރިހާ މަސައްކަތެއް ނާކާމިޔާބުވީއެވެ.
ނަމަވެސް އުރުދުން ހުރަސްކޮށް މިޞްރަށް ވަނުމަށް ބޭނުންވާ ވިސާ އަމްޖަދުއަށް ނިމިދިޔަ ހަފުތާގައި ލިބުމާއެކު، ހޯމަދުވަހު މަންމަ އެރަށެއްގައި މަންމަ ދިރިއުޅޭ ބަންހާއަށް އޭނާ ދަތުރުކުރިއެވެ. ނީވީނަށް އޭނާ ދިރިއުޅޭ އެޕާޓުމެންޓުގެ ބެލްކަނީއިން އޭނާގެ ލޮލުގެ ނޫރު ފަދަ ދަރިފުޅު ފެނުމުން ކަރުނަ ހިލުނެވެ. ދަރިފުޅުގެ ނަން ލޯބިން ގޮވައިލިއެވެ.
އަމްޖަދުއަކީ 2009ވަނަ އަހަރުގައި އިސްރާއީލުން ދިން ހަމަލާތަކުގެ ޝިކާރައަކަށްވެ އަނިޔާވި މީހެކެވެ. އޭނާ އެދުވަހަށް އިޝާރާތްކޮށް ބުނެފައިވަނީ މަންމަ ނުފެނި މަރުވެދާނެ ކަމުގެ ބިރަކީ ވަރަށް ބޮޑު ބިރެއް ކަމުގައެވެ. އަދި އޭނާގެ ޢުމުރުން 29 އަހަރު ކަމުގައިވީނަމަވެސް، އިސްތިޢުމާރުކުރެވިފައިވާ ޤައުމެއްގައި ދިރިއުޅޭއިރު މަންމަ ނުހަނު މުހިއްމު ކަމުގައިވެސް އަމްޖަދު ވިދާޅުވިއެވެ.
އަމްޖަދުވެސް ފާހަގަކޮށްފައިވަނީ މިޞްރުން ރަފަޙު ބޯޑު ވަރަށް ބޮޑަށް ކޮންޓުރޯލުކޮށްފައި އޮތުމުގެ ސަބަބުން މިޞްރަށްވެސް ފަލަސްޠީނު ރައްޔިތުންނަށް ނުވަދެވޭ ކަމުގައެވެ. ނަމަވެސް މިޞްރުން ދަރިވަރުންނާއި ބޭރު ޤައުމުތަކުގެ ޕާސްޕޯޓު ލިބިފައިވާ ފަރާތްތަކަށް ފަލަސްޠީނުން ބޭރަށް ނުކުތުމަށް ރަފަޙު ބޯޑަރު ހުޅުވައިދެއެވެ.
މި ލިއުމާއި ގުޅޭ