Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ތޫފާނެއް އަރާ ފިލިޕިންސް އިން 10 މީހުން މަރުވެއްޖެ

ތޫފާނެއް އަރާ ފިލިޕިންސް އިން 10 މީހުން މަރުވެއްޖެއެވެ.
ކައްމޫރީ ގެ ނަމުން ނަން ދީފައިވާ މި ތޫފާން އަރާފައިވަނީ ފިލިޕީންސްގެ ވެރި ރަށް މެނީލާގެ ދެކުނުގެ ހިސާބުތަކަށެވެ. މިތޫފާނުގައި މިހާތަނަށް 10 މީހުން މަރުވެފައިވާ އިރު މުދަލާއި އާންމުންނަށް ވަނީ ގެއްލުން ވެފައެވެ. މިއީ މިއަހަރު ތެރޭގައި ފިލިޕިންސް އަށް އެރި މިފަދަ 20 ވަނަ ތޫފާނެވެ.
އަދި މި ތޫފާންތަކުގެ ސަބަބުން އެތައް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ވަނީ ގެންދަންޖެހިފައެވެ. އަދި އެތައް ސަތޭކަ މަތިންދާ ބޯޓުތައް ވަނީ ދަތުރުތައް ކެންސަލްކޮށްފައެވެ. މީގެ އިތުރުން މި އަންނަ ހަފްތާގައި ފަށަން ހަމަޖެހިފައިވާ ސައުތު އީސްޓް އޭޝިއަން ގޭމްސް އަށް ވެސް ތޫފާނުގެ ސަބަބުން ބުރޫ އަރާނެކަމަށް ލަފާކުރެވެއެވެ.
ފިލިޕީންސް އަކީ ގިނަ އަދަދަކަށް ދިވެހި ކިޔަވާ ކުދިންވެސް ތިބޭ ޤައުމެކެވެ. ނަމަވެސް ދިވެހިން އުޅޭ ސަރަހައްދަށް މިތޫފާނުގެ އަސަރު ނުކުރާކަމަށްވެއެވެ.
މި ލިއުމާއި ގުޅޭ