ހިމަބިހި ޖެހިގެން ސަމޯއާ އިން މަރުވި މީހުންގެ އަދަދު 50 އަށް އަރައިފި

އަހްމަދު އަޒާން
Flowers
ސަމޯއާގެ ކިޔަވާ ކުދިންތަކެއް

ޕެސިފިކް ކަނޑުގައި އޮންނަ ޖަޒީރާ ޤައުމެއް ކަމުގައިވާ ސަމޯއާގައި ހަލުވި ކަމާއި އެކު ހިމަބިހި ފެތުރި، އެބަލީގެ ސަބަބުން މަރުވި މީހުންގެ އަދަދު 50 އަށް އަރައިފިއެވެ.

މައުލޫމާތު ލިބިފައިވަ ގޮތުގައި ހިމަބިހި ފެތުރޭތީ، ސަމޯއާގެ ގިނަ ސްކޫލްތައްވެސް ވަނީ ބަންދުކުރެވިފައެވެ. ސަމޯއާގައި ހިމަބިހީގެ ވެކްސިން ދީފައިވަނީ އާބާދީގެ ނިސްބަތުން ވަރަށް މަދުބަޔަކަށެވެ. އަދި އެހެން ކަމުން އެ ބަލި ދަނީ ހަލުވި ކަމާއި އެކު ފެތުރެމުންނެވެ. 

200،000 އެއްހާ މީހުން އުޅޭ ސަމޯއާގައި މިހާތަނަށް 3700 މީހަކަށް މި ބަލި ޖެހިގެން ރިޕޯޓުކޮށްފައިވާ ކަމަށްވެއެވެ. 

ދުނިޔޭގައި މިހާތަނަށް ހިމަބިހި އެއްކޮށް ނައްތާލެވިފައިވަނީ އެންމެ ދެ ޤައުމުންނެވެ. އެއީ ދިވެހިރާއްޖެއާއި ބޫޓާނެވެ. 

ކިޔުންތެރިންގެ ހިޔާލު