އެމޭޒަންގައި ހުޅުޖެހުމަށް ޚަރަދުކުރަނީ ލިއަނާޑޯ ޑިކެޕްރިއޯ: ބްރެޒިލްގެ ރައީސް

ޙުސައިން އަފްޝަން 30 ނޮވެމްބަރު 2019 10:44
Flowers

އެމޭޒަން ޖަންގަލީގައި ރޯކޮށް ހުޅުޖެހުމަށް ޚަރަދުކުރަނީ ހޮލީވުޑުގެ ތަރި ލިއަނާޑޯ ޑިކެޕްރިއޯ ކަމުގައި ބްރެޒިލުގެ ރައީސް ޖައިރު ބޮލްސޮނާރޯ ވިދާޅުވެއްޖެއެވެ. މިފަދައިން ޑިކެޕްރިއޯއާމެދު އެހާ ބޮޑު ތުހުމަތެއްކުރެއްވި ނަމަވެސް މިތުހުމަތަށް ބާރުދޭ އެއްވެސް ހެއްކެއް ހުށަހަޅުއްވާފައިނުވާ ކަމުގައި ރޮއިޓަރސްގެ ރިޕޯޓުގައި ބުނެފައިވެއެވެ.

ބޮލްސަނާރޯގެ ވާހަކަފުޅު ބުނާކުރައްވާފައިވަނީ ވޯރލްޑް ވައިޑްލައިފު ފަންޑް ނަމަކަށްކިޔުނު ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ޖަމްޢިއްޔާއަކުން އަލިފާން ނިއްވާ މީހުންގެ އަތުން އެމީހުން ނަގާފައިވާ ފޮޓޯތައް ގަނެ، އެފޮޓީތައް ބޭނުންކޮށްގެން ފައިސާ ހޯދާކަމުގައި ތުހުމަތުކޮށް މީސްމީޑިޔާގައި ދައުރުވަމުން އަންނަ ޕޯސްޓަކަށް ކަމުގައި ބެލެވެއެވެ. 

އަދި މިޕޯސްޓުގައި ތުހުމަތުކޮށްފައިވާ ގޮތުގައި ޑިކެޕްރިއޯވަނީ މިޖަމްޢިއްޔާއަށް ބައިމިލިއަން ޑޮލަރު ނުވަތަ 500،000 ޑޮލަރު ދީފައެވެ. މިޖަމްޢިއްޔާއިންވަނީ މިތުހުމަތު ދޮގުކޮށްފައެވެ. އަދި ޑިކެޕްރިއޯވެސްވަނީ އެޖަމްޢިއްޔާއަށް އެއްވެސް ފައިސާއެއް ހަދިޔާކޮށްފައި ނުވާނެ ކަމުގައި ބުނެފައެވެ.

ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާ ދެކޮޅަށް ވާހަކަދައްކާ ފަރާތެއްގެ ގޮތުގައި ޑިކެޕްރިއޯވަނީ ފާހަގަވެފައެވެ. އެގޮތުން އެމޭޒަންގައި ރޯވާ އަލިފާނުގެ ވާހަކަ ފަދަ ތިމާވެއްޓާ ގުޅުންހުރި ކަންކަމުގައި އަޑުއުފުލާ މީހެއްގެ ގޮތުގައި އޭނާ ފާހަގަވެއެވެ. ލިއަނާޑޯ ޑިކަޕްރިއޯ ފައުންޑޭޝަނަކީ އޭނާ އުފައްދާފައިވާ ދިރުންތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ މުއައްސަސާއެކެވެ. އެއީ އާތު އެލައެންސްގައިވެސް ހިމެނޭ މުއައްސަސާއެކެވެ. 

ކިޔުންތެރިންގެ ހިޔާލު