Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ލަންކާ އިންތިޚާބުގައި ގޮޓަބަޔާ ރާޖަޕަކްސަ ކުރި ހޯއްދަވައިފި

ލަންކާގެ ދާޚިލީ ހަނގުރާމައިގެ ތެރޭގައި ދިފާޢީ ބާރުތަކުގެ ވެރިއެއް ގޮތުގައި ހުންނެވި، ގޮޓަބަޔާ ރާޖަޕަކްސް އެޤައުމުގެ ރިޔާސީ އިންތިޚާބުގައި ކުރި ހޯއްދަވައިފިއެވެ. އިންތިޚާބުގެ ވަގުތީ ނަތީޖާތައް ދައްކާ ގޮޔުން ގޮޓަބަޔާ ރާޖަޕަކްސަވަނީ އޭނާގެ ވާދަވެރިންގެ މައްޗަށް އެކަށީގެންވާ މިންވަރުގެ ކުރިއެރުމެއް ހޯއްދަވާފައެވެ.
15 އަހަރު ތެރޭގައި ލަންކާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އިޤުތިޞާދީ ދަތިކަމުން ލަންކާ ސަލާމަތްކުރެއްވުމަށް ރައީސެއް އިންތިޚާބުކުރުމަށް އެޤައުމުގެ އެތައް މިލިއަން ރައްޔިތުންނެއް އާދީއްތަދުވަހު ވޯޓުދީފައިވެއެވެ. އަދި ހަރުކަށި އިސްލާމީ ނިރުނބަވެރިންތަކެއް ދިން ހަމަލާއާ ގުޅިގެން ފަތުރުވެރިކަން ދަށަށް ގޮސް، އެކަމުގެ ސަބަބުން ވުނޭރުން (އިންވެސްޓަރސް)ގެ މެދުގައި އެޤައުމަށް އޮތް އިތުބާރު ހީނަރުވެރިފައިވެއެވެ.
ތަމަޅަ ހަނގުރާމަވެރިންގެ މައްޗަށް، މިހިންދަ ރާޖަޕަކްސްގެ ވެރިކަމުގައި ނަޞްރު ހޯދުމުގައި ޢަސްކަރިއްޔާގެ ކަންކަން ބެލެހެއްޓެވި، ގޮޓަބަޔާ ވަޢުދުވެވަޑައިގެންފައިވަނީ ލަންކާ ރައްޔިތުންނަށް ހަމަޖެހުމާއި އިސްތިޤުރާރު ގެނެސްދެއްވައި އިޤުތިޞާދީ ކުރިއެރުން ކަށަވަރުކޮށްދެއްވާނެ ކަމުގައެވެ.
އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ގޮޓަބަޔާއަށް ވޯޓުގެ 48.2% ކާމިޔާބުކުރެއްވިފައިވާއިރު، އޭނާއާ އެންމެ ގާތުން ވާދަކުރެއްވި، މިހާރުގެ ސަރުކާރުގެ މިނިސްޓަރު ސަޖިތު ޕްރެމަދާސާއަށް ލިބިވަޑައިގެންފައިވަނީ 45.3%އެވެ.
މި ލިއުމާއި ގުޅޭ