Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ހަތިޔާރު އެޅި ބައަކު ދިން ހަމަލާއެއްގައި 15 މީހަކު ދެކުނު ތައިލޭންޑުގައި ނިޔާވެއްޖެ

ތައިލެންޑުގައި މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ އެޤައުމުގެ ދެކުނު ސަރަހައްދުގައި، ވަކިވެގަތުމަށް މަސައްކަތްކުރާ ހަނގުރާމަވެރިން ކަމުގައި ޝައްކުކުރެވޭ ބައަކު ސެކިއުރިޓީ ޗެކްޕޮއިންޓަކަށް ބަޑީގެ ހަމަލާތަކެއް ދީފިއެވެ. މިހަމަލާތަކުގައި މަދުވެގެން 15 މީހަކު ނިޔާވެފައިވާ ކަމުގައި ރޮއިޓަރސްއިން ބުނެއެވެ. އޮފިޝަލުންނާ ހަވާލާދީ ރޮއިޓަރސްއިން ބުނެފައިވަނީ ނިޔާވި މީހުންގެ ތެރޭގައި ފުލުސް މީހެއްގެ އިތުރުން ރަށުގެ ރައްކާތެރިކަމަށް މަސައްކަތްކުރި ދަރުމަވެރިން (ވޮލެންޓިއަރސް) ހިމެނޭ ކަމުގައެވެ.
މިހަމަލާ ދިން ފަރާތްތަކުން ފިލުމަށްޓަކައި، މޮހޮރާއި ގޮވާ ތަކެތި ބޭނުންކޮށްފައިވެއެވެ. އެއީ ފަހަތުން އެފަރާތްތައް ހައްޔަރުކުރުމަށް މަސައްކަތްކުރި ފަރާތްތަކަށް އުދަގޫކުރުމުގެ ގޮތުންނެވެ.
އެސަރަހައްދުގެ ސަލާމަތީ ބާރުތަކުގެ ތަރުޖަމާނު ކާނަލް ޕްރެމޯޓު ޕްރޮމް-އިންއާ ހަވާލާދީ ރޮއިޓަރސްއިން ބުނެފައިވަނީ މިހަމަލާތަކަކީ ވަކިވެގަތުމަށް މަސައްކަތްކުރާ ފަރާތްތަކުން ދީފައިވާ ހަމަލާއެއް ކަމުގައި ޝައްކުކުރެވޭ ކަމުގައެވެ. އެއްވެސް ފަރާތަކުން މިހަމަލާގެ ޒިންމާ ވަގުތުން އުފުލާފައިނުވެއެވެ. ނަމަވެސް އެފަދައިން ޒިންމާ ނުއުފުލުމަކީ މިބާވަތުގެ ހަމަލަތަކުގައި ޢާންމު ކަމެކެވެ.
ބުދިސްޓު މެޖޯރިޓީ އޮންނަ ތައިލޭންޑުގައި މެލޭ ދަރިފަސްކޮޅުގެ މުސްލިމުންގެ މެޖޯރިޓީ އޮންނަ ސަރަހައްދުތަކުގައި ވަކިވެގަތުމަށް ކުރަމުންދާ ހަނގުރާމައިގައި 7000 މީހުން، 2004 ވަނަ އަހަރުން ފެށިގެން ފާއިތުވި ތަނުގައި ނިޔާވެފައިވާ ކަމުގައި، ޑީޕް ސައުތު ވޮޗް ނަމަކަށް ކިޔާ ޖަމާޢަތަކުން ބުނެފައިވެއެވެ. މިޖަމާޢަތަކީ މިހަމަނުޖެހުންތައް ދިރާސާކޮށް ކައިރިން ބަލަމުން އަންނަ ޖަމާޢަތެކެވެ.
ވަކިވެގަތުމަށް މަސައްކަތްކުރާ ޕްރޮވިންސްތަކަކީ 1909ވަނަ އަހަރުގައި އެސަރަހައްދުތައް ތައިލޭންޑުގެ ދަށަށް ގެނައުމުގެ ކުރިން މިނިވަން ވެރިކަމެއް އޮތް ރަސްކަމެއް ހިނގަމުން އައި ދައުލަތެކެވެ. މިސަރަހައްދުގެ އާބާދީގެ 80% އަކީ މުސްލިމުންނެވެ. ތައިލޭންޑުގެ އެހެން ސަރަހައްދުތަކުގެ ބޮޑު އަޣުލަބިއްޔަތަކީ ބުދިސްޓުންނެވެ.
ތައިލެންޑުގެ ދެކުނުގައި ހަނގުރާމަކުރާ ބައެއް ޖަމާޢަތްތަކުން ބުނެފައިވަނީ އެބައިމީހުން ހަނގުރާމަކުރަނީ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ކަމުގައެވެ.
މި ލިއުމާއި ގުޅޭ