Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

އިންޑިއާ އިން ކަޝްމީރު ދެބަޔަކަށް ބަހާލަނީ

އިންޑިއާ އިން ރަސްމީކޮށް ކަޝްމީރު ދެ ބަޔަކަށް ބަހާލައި ވަކި ދެ ސްޓޭޓް ހަދަން ނިންމައިފިއެވެ. އަދި މި ދެ ސްޓޭޓްގެ ވެރިކަން ސީދާ ނިއު ދިއްލީގައި އޮންނަ މައި ސަރުކާރުން ކުރަން ވަނީ ނިންމާފައެވެ.
ކަޝްމީރަކީ މީގެ ކުރިން އިންޑިއާގެ ޤާނޫނު އަސާސީ އިން ބާރު ލިބިގެން އަމިއްލަ ވެރިކަމެއް ކުރަމުން އައި ސްޓޭޓެކެވެ. ނަމަވެސް މިދިޔަ އޯގަސްޓު މަހު އިންޑިއާގެ މަޖްލީހުން ވަނީ ކަޝްމީރަށް ލިބިދޭ މިފަދަ އެންމެހާ އިނާޔަތްތަށް ނިގުޅައިގަންނަން ނިންމާފައެވެ. އޭގެ ސަބަބުން ކަޝްމީރުގެ ރައްޔިތުން ދަނީ އަދިވެސް މުޒާހަރާ ކުރަމުންނެވެ.
އިންޑިއާ އިންވަނީ މުޒާހަރާ ތަކާއި ގުޅިގެން އެތައް ހާސް ބަޔަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި 13 އަހަރުގެ ކުޑަކުދިންވެސް ހިމެނެއެވެ. އަދި ހައްޔަރު ކުރާ ބައެއް ކުޑަކުދިން މަރުވެފައި ތިއްބާވެސް ބައެއް ފަހަރު ފެނެއެވެ.
ކަޝްމީރަކީ އިންޑިއާގައި މުސްލިމުންގެ އަގުލަބިއްޔަތު އޮންނަ ހަމައެކަނި ސްޓޭޓެވެ. އެ ސްޓޭޓުގައި އެހެން ބަޔަކު ވަޒަންވެރިވުމާއި ވިޔަފާރި ފެށުން ކަހަލަ ކަންކަން ކުރުންވެސް މަނަލެވެ. ބައެއް ފަރާތްތަކުން ލަފާ ކުރާގޮތުގައި އިންޑިއާގެ ބޭނުމަކީ މި ސްޓޭޓް ދެފަޅިކޮށް ހިންދޫން މި ތަންތާ އާބާދުކުރުމެވެ.
އިންޑިއާގެ މި އަމަލުތައް ގިނަ ފަރާތްތަކުން ކުށްވެރި ކޮށްފައިވާއިރު، ރާއްޖެއިން ވަނީ އެއީ އިންޑިއާގެ ދާހިލީ ކަމެއްގެ ގޮތުގައި ސިފަކޮށް އިންޑިއާއަށް ތާއީދުކޮށް ބަޔަނެއް ނެރެފައެވެ.
މި ލިއުމާއި ގުޅޭ