Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

މުޒާހަރާވެރިންނާ ފުލުހުންގެ ކުރިމަތިލުންތަކުގައި 11 މީހުން ޢިރާޤުގައި ނިޔާވެއްޖެ

ފުލުހުންނާ މުޒާހަރާވެރިންގެ މެދުގައި ބަޣުދާދުގައި ހިނގައިދިޔަ ކުރިމަތިލުންތަކުގައި ހޮނިހިރުދުވަހު 11 މީހަކު ނިޔާވެއްޖެއެވެ. މިކުރިއެރުންތައް ހިނގީ ސަރުކާރަށް ދެކޮޅަށް ހުޅުފަޅައިގެން ގޮސް ކުރިއަށްދާ މުޒާހަރާތަކުގެ ސަބަބުންނެވެ. ޢިރާޤުގެ މަރުކަޒީ ސަރަހައްދުތަކުން މުޒާހަރާވެރިން ދުރުކުރުމުގެ ސަލާމަތީ ބާރުތަކުން އެތައް ސަތޭކަ ފުލުހުންނާއި ސިފައިން މަގު މައްޗަށް ނެރެފައިވެއެވެ.
ފުލުހުންނާއި ފަރުވާދޭ ފަރާތްތަކުން މުޒާހަރާތަކުގައި ނިޔާވެފައިވާ ފަރާތްތަކާ ގުޅޭ ހިސާބުތައް ޢާންމުކޮށްފައިވަނީ، ސަރުކާރާ ދެކޮޅު މުޒާހަރާތަކުގެ ސަބަބުން ކުޝޫނަތްތެރި (ވައަލެންޓު) ޢަމަލުތައް އެތައް ދުވަހަކަށް ދެމިގެން ގޮސްފައިވަނިކޮށެވެ. ބަޣުދާދާއި އެނޫންވެސް ޝަހަރުތަކުގައި މިހަމަނުޖެހުންތަކުގެ ސަބަބުން ނިޔާވެފައިވާ ފަރާތްތަކުގެ ޖުމްލަ ޢަދަދު 88ކަށް އަރާފައިވާކަމުގައި ރޮއިޓަރސްއިން ބުނެއެވެ.
ބަޣުދާދުގެ މެދުގައި އޮތް ކުއްލި ހާލަތު އުވާލައި ހިނގައިބިގައިވެ އުޅުމަށް ފުރުޞަތު ދިނުމުގެ ސަބަބުން ލިބުނު ހަމަޖެހުމުގެ އެއްދުވަސް ހޮނިހިރުދުވަހުގެ ހަމަނުޖެހުންތަކުގެ ސަބަބުން ނިމުމަކަށް އައީއެވެ. އަދި އެހަމަނުޖެހުންތައް ފުޅާވެ، އެޤައުމުގައި މުޒާހަރާވެރިންނާ ފުލުހުންގެ މެދުގައި އަނިޔާވެރި ކުރިމަތިލުންތައް ހިނގަމުންދަނީއެވެ.
ޢިރާޤުގެ ސަރުކާރުގެ ކޮރަޕްޝަނުގެ ސަބަބުން ޢިރާޤު ރައްޔިތުންގެ މެދުގައި ސަރުކާރުގެ މަޤުބޫލުކަން އިންތިހާއަށް ހީނަރުވެފައިވާ މިދަނޑިވަޅުގައި ހިނގާ ހަމަނުޖެހުންތަކުގެ ސަބަބުން ސަރުކާރު ބަލިކަށިވެފައިވެއެވެ. ޢިރާޤުގެ ތަނަވަސްކަމާއި ފުދުންތެރިކަމުން ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުކުރާ ކަމުގެ ޝަކުވާ ޢިރާޤު ރައްޔިތުން ވަރަށް ބޮޑަށް އުފުލައެވެ.
މި ލިއުމާއި ގުޅޭ