Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

އީރާނުގެ ނިއުކުލިއާ ޕްރޮގުރާމުގެ މޭސްތެރިޔާ ކަމަށް ބެލެވޭ ސައިންސްވެރިއެއް މަރާލައިފި

އީރާނުގެ ނިއުކުލިއާ ޕްރޮގުރާމުގެ މޭސްތެރިޔާ ކަމަށް އެމެރިކައިން ޝައްކުކުރާ އީރާނުގެ ސައެންސްވެރިޔަކަށް ތެހެރާނު ކައިރިން ދިން ހަމަލާއެއްގައި އޭނާ ޝަހީދުކޮށްލައިފިއެވެ.
މުޙްސިން ފަޚްރިޒާދާ ޝަހީދުކޮށްލީ ހުކުރުދުވަހުގެ ވަގުތެއްގައެވެ. އީރާނުގެ މީޑިޔާތަކުން ބުނެފަިއވަނީ އޭނާ ޝަހީދުކޮށްލީ އޭނާގެ ކާރުކޮޅަށް ދިން ހަމަލާއެއްގައި ކަމަށެވެ. އަދި ހަސްފަތާލުގައި އެ އަނިޔާތަަކށް ފަރުވާދެމުންދަނިކޮށް އޭނާ ނިޔާވީ ކަމުގައިވެސް އީރާނު މީޑިޔާތަކުން ރިޕޯޓުކޮށްފައިވެއެވެ.
އީރާނުން ތުހުމަތުކުރާ ގޮތުގައި މި ހަމަލާއަކީ އިސްރާއީލުން ދިން ހަމަލައެކެވެ. އަދި އެ ހަމަލާ ދީފައިވަނީ އެމެރިކާގެ ހުއްދައާއެކު ކަމުގައިވެސް އީރާނުން ބުނެއެވެ. އީރާނުގެ ޚާރިޖީވަޒީރު ޖާވިދް ޡާރިފް ޓުވިޓާގައި ލިޔުއްވާފައިވަނީ އިސްރާއީލުގެ ބައިވެރިވުމެއް މި ޤަތުލުގައި އޮތްކަން ވަރަށް ގިނަ ހެކި ފެނިފައިވާ ކަމުގައެވެ.
އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުﷲ ޢަލީ ޚަމޭނީގެ އަސްކަރީ މުޝީރުވަނީ މުޙްސިން ޝަހީދުކޮށްލި މީހުންނަށް ހޮނު ފަދަ ހަމަލައެއް ދެއްވާނެ ކަމަށާއި ބަދަލު ހިއްޕަވާނެ ކަމުގައި އިންޒާރުކުރައްވާފައެވެ. އޭނާ އިތުރަށް ވިދާޅުވީ ޞިހުޔޫނީންގެ އެކުވެރިޔާ (ޑޮނާލްޑު ޓުރަމްޕް)ގެ ދައުރުގެ އެންމެ ފަހު ދުވަސްކޮޅުތަކުގައި، އީރާނަށް ކުރިމަތިކުރާ ފިއްތުންތައް ވަރުގަދަކޮށް ފުރިހަމަ ހަނގުރާމަައެއް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ.
އިސްރާއީލުން މި ހަމަލާއާ ގުޅިގެން އެއްވެސް އެއްޗެއް ބުނެފައިނުވާއިރު، ވައިޓް ހައުސްއާއި، ޕެންޓަގަނާއި އެމެރިކާގެ ޚާރިޖީވުޒާރާއީ ސީއައިއޭއިންވެސް އެއްވެސް އެއްޗެއް ބުނެފައިނުވެއެވެ. އަދި ބައިޑެންގެ އިންތިޤާލީ ޓީމުންވެސް މިކަމާ ގުޅިގެން އެއްވެސް އެއްޗެއް ބުނެފައިނުވެއެވެ.
ހުޅަނގާއި އިސްރާއީލުގެ ޖާސޫސީި އިދާރާތަކުން ސިފަކުރާ ގޮތުގައި މުޙުސިނީއަކީ އީރާނުން ހިންގާ ސިއްރު ނިއުކުލިއާ ހަތިޔާރު ޕްރޮގުރާމެއްގެ މޭސްތެރިޔާއެވެ.
މި ލިއުމާއި ގުޅޭ