Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ޗައިނާގެ ރައީސް ބައިޑެން އަށް މަރުހަބާ ވިދާޅުވެއްޖެ

ޗައިނާގެ ރައީސް ޝީ ޖިންޕިން އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑެންއަށް މަރުހަބާ ވިދާޅުވެއްޖެއެވެ.
ޝީ ފޮނުއްވި މަރުހަބާގެ މެސެޖުގައި ވަނީ ދެ ޤައުމު ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި ބައިނަލްއަޤްވާމީ މުޖުތަމައުއިން އުންމީދު ކުރަނީ ދެ ޤައުމުގެ ގުޅުން ރަނގަޅުވެ ހަރުދަނާވުން ކަމަށް ޝީ ވިދާޅުވެފައިވެއެވެ.
7 ނޮވެމްބަރުގައި ބައިޑެން އިންތިހާބު ކާމިޔާބު ކުރެއްވި ކަމަށް އެމެރިކާގެ ބޮޑެތި ހުރިހާ މީޑިއާތަކުން އިއުލާންކުރި ނަމަވެސް ޗައިނާ އިން ބައިޑެން އަށް މަރުހަބާ ކިޔާފައިނުވެއެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ތެރެއިން އެންމެ ފަހުން ބައިޑެންއަށް މަރުހަބާ ކިޔާފައިވަނީ ޗައިނާއިން ކަން ފާހަގަކޮށްލެވެއެވެ.
އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދިވެސް ބަލި ޤަބޫލުކުރައްވާފައި ނުވާއިރު، ޗައިނާއިން ބައިޑެން އަށް މަރުހަބާ ދެންނެވުން ލަސްވީ ޓްރަމްޕް ބަލި ޤަބޫލު ނުކުރައްވާތީ ކަމަށް މަސްރަހު ދިރާސާ ކުރާ ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.
މި ލިއުމާއި ގުޅޭ