Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

އިނގިރޭސިވިލާތުގެ ގިނަ މީހުންނަށް އިޤްތިސާދާއި ގުޅޭކަންކަން ނޭނގޭ: ދިރާސާ

އިނގިރޭސިވިލާތުގެ ގިނަ ރައްޔިތުންނަށް އިޤްތިސާދާއި ގުޅޭ ގިނަ ކަންކަން ނޭނގޭކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
އެ ޤައުމުގެ އޮފީސް ފޯ ނޭޝަނަލް ސްޓެޓިސްޓްކްސްގެ ތިންކް ޓޭންކްއެއް ކަމަށްވާ ދި އެކޮނޮމިކް ސްޓެޓިސްޓިކްސް ސެންޓަރ އޮފް އެކްސެލެންސް އިން ހެދި ސާވޭއަކުން ދައްކާ ގޮތުގައި ގިނަ މީހުންނަށް އިނގިރޭސިވިލާތުގެ އިޤްތިސާދު ރަނގަޅުތޯ ނުވަތަ ނޫންތޯ އަމިއްލައަށް ދެނެގަތުމުގެ ޤާބިލުކަންވެސް ލިބިފައިނެތެވެ.
އަދި ސަރުކާރުން އާންމު ކުރާ ހިސާބުތައް ގިނަ ބަޔަކު ޤަބޫލުވެސް ނުކުރާކަމަށް އެ ދިރާސާ ހެދުމުގައި އިސްކޮށް ހަރަކާތްތެރިވި ޖޯނީ ރަންޖް ވިދާޅުވެފައިވެއެވެ. މި ދިރާސާގައި 1665 މީހުންނާއި ސުވާލުކޮށްފައިވާއިރު، ޖީޑީޕީ އާއި ވަޒީފާ ނެތް މީހުންގެ ނިސްބަތްފަދަ ކަންކަމާއި ގުޅޭގޮތުން ގިނަ މީހުންނަށް ނޭނގޭކަމަށްވެއެވެ.
ސާވޭގައި ސުވާލު ކުރެވުނު މީހުންގެ ތެރެއިން، ގިނައިން މާކްސް ލިބިފައިވަނީ އުމުރުން ދުވަސްވީ މީހުންނަށެވެ. އަދި އަންހެނުންނާއި އަޅާ ބަލާއިރު ފިރިހެނުންނަށް މަތިން މާކްސް ލިބިފައިވާއިރު ތައުލީމު އުނގެނިފައި ތިިބި މީހުންނަށް ލިބުނު މާކްސްވެސް ތައުލީމު ނުއުނގެނި ތިބި މީހުންނަށް ލިބުނު މާކްސްއަށްވުރެ ގިނައެވެ.
ރަންގް ހާމަކުރެއްވި ގޮތުގައި ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް 1 އިންސައްތައިން އިތުރުވުމަކީ އިޤްތިސާދު 1 އިންސައްތައިން ބޮޑުވުންކަން ދޭހަވީ އެންމެ 47 އިންސައްތަ މީހުންނަށެވެ.
މީގެ އިތުރުން ބަޖެޓު ޑެފިސިޓާއި ގުޅޭގޮތުން ސުވާލު ކުރުމުން އިނގިރޭސިވިލާތުގައި ޑެފިސިޓެއް އޮތްކަން 70 އިންސައްތަ މީހުންނަށް އެނގުނު ނަމަވެސް ޑެފިސިޓަކީ ކޯޗެއްކަން އެނގުނީ ސާވޭގެ ބައިވެރިންގެ ތެރެއިން 40 އިންސައްތަ މީހުންނަށްށެވެ.
މި ދިރާސާ ތައްޔާރު ކުރި ފަރާތުން ބުނެފައިވާ ގޮތުގައި، ސަރުކާރުގެ އިދާރާ ތަކުން، ރައްޔިތުންނަށް އެފަދަ މައުލޫމާތުތައް އިތުރަށް ބުނެދިނުމަކީ މުހިންމު ކަމެކެވެ.
މި ލިއުމާއި ގުޅޭ