Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ތުރުކީގައި ކޮވިޑު-19 ކޭސްތައް ރެކޯޑު މިންވަރަކަށް އިތުރުވެއްޖެ

ތުރުކީގައި އެއް ދުވަސްތެރޭ 7000 އަށްވުރެ ގިނަ މީހުންނަށް ކޮވިޑު-19 ޖެހިއްޖެއެވެ.
އަންގާރަ ދުވަހު އެ ޤައުމުގެ ސަރުކާރުން ހާމަކުރި ހިސާބުތަކަށް ބަލާއިރު އެ ދުވަހު އެކަނި 7381 މީހުން ވަނީ ކޮވިޑު-19 އަށް ޕޮޒިޓިވްވެފައެވެ. މިއީ ބަލިމަޑުކަން ފެށުނު ފަހުން އެ ޤައުމުގައި އެއް ދުވަސް ތެރޭ މިހާ ގިނަ މީހުން ޕޮޒިޓިވް ވި ފުރަތަމަ ފަހަރެވެ.
މިހާތަނަށް އެ ޤައުމުގައި ޖުމްލަ 460916 މީހުންނަށް ކޮވިޑު-19 ޖެހިފައިވާއިރު 12672 މީހުން ވަނީ މަރުވެފައެވެ. އަންގާރަ ދުވަހު އެކަނި 161 މީހުން މަރުވިއެވެ. ތުރުކީގައި މިހާރު ދުވާލެއްގެ މައްޗަށް އިންފެކްޓުވާ މީހުންގެ އަދަދު ކޮވިޑު-19 ގެ ފުރަތަމަ ރާޅު އެ ޤައުމަށް އެރިއިރު އިންފެކްޓު ވީ މީހުންގެ އަދަށް ވުރެ ގިނައެވެ.
ހާލު ބޮޑުވެގެން ފަރުވާ ދޭ މީހުންގެ އަދަދު 4542 އަށް އަރާފައިވާއިރު ބަލި ކޮންޓްރޯލް ކުރުމަށް ތުރުކީގެ ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތައް އަޅަމުންނެވެ.
ތުރުކީގައި ބަލި ބޮޑަށް ފެތުރެމުން ދަނީ ތުރުކީގެ ހުޅަނގުގެ ޕްރޮވިންސްތަކުގައެވެ. އަދި އެ ސަރަހައްދުތަކުގައި ބަލި ފެތުރުން ހުއްޓުވަން ވިސްނުންތެރިކަމާއި އެކު ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް ތުުރުކީގެ ސިއްހަތާއި ބެހޭ ވަޒީރު ޑރ.ފަހްރެތެއިން ކޮޖާ ވިދާޅުވެފައިވެއެވެ.
މި ލިއުމާއި ގުޅޭ