Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ބޭއްވުން މަނާކުރި ފެންނަ ނުފެންނަ ވޯޓަށް އަހަރުފުރުން ކެޓަލަންގައި ފާހަގަކުރަނީ

ކެޓެލާންގެ މިނިވަންކަމާ ގުޅޭ ގޮތުމަށް ބޭއްވުމަށް މަސައްކަތްކުރި، އަދި ސްޕެއިނު ސަރުކާރުން މަނާކުރި ނުފެންނަ ވޯޓެއް ބޭއްވި ދުވަހަށް 2 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް މުޒާހަރާވެރިން ކެޓެލާންގެ ރަށެއް ކަމުގައިވާ ގިރޯނާގައި އެއްވެއްޖެއެވެ. އެމުޒާހަރާވެރިންކުރެ ބައެއް މީހުންވަނީ ފުލުހުންނާ ދިމާލަށް ބިސް އުކައި އެސަރަހައްދުގައި ހުރި ޑަސްޕިންތައް ފުރުޅާފައެވެ.
ކެޓަލާންގައި ވަކި ދައުލަތެއް ޤާއިމުކުރުމަށް މަސައްކަތްކުރާ ފަރާތްތަކާ މެޑްރިޑުގެ ސަރުކާރާ ދެމެދު ފާއިތުވި ދުވަސްތަކުގައި ނުތަނަވަސްކަން އިތުރުވެފައިވެއެވެ. އެއީ ކެޓެލާނުގެ 7 ހަރަކާތްތެރިއެއްގެ މައްޗަށް ކުޝޫނަތްތެރި (ވައަލެންޓު) ޢަމަލުތަކެއް ރޭވި ކަމުގެ ތުހުމަތުގައި ސްޕެއިނުގެ ހައިކޯޓުން ޖަލު ހުކުމެއް އިއްވުމާ ގުޅިގެންނެވެ.
ވަކިވެގަތުމަށް މަސައްކަތްކުރާ ހަރަކާތުގެ އެންމެ މުހިއްމު އެއް މަރުކަޒުކަމުގައިވާ ކެޓަލާންގެ ރޭލު ގިމަތައިގެ އިތުރުން މުހިއްމު ޢިމާރާތްތައް ކައިރީގައި އެތެރެއަށް ނުވަދެވޭ ގޮތަށް ފުލުހުން ހުރަސް އަޅާފައިވެއެވެ. ގިރޯނާގައި ކުރިއަށް ގެންގޮސްފައިވާ މުޒާހަރާތައް ރާވާފައިވަނީ ޖުމްހޫރިއްޔަތުގެ ދިފާޢުގައި މަސައްކަތްކުރާ ކޮމިޓީތަކުންނެވެ. މިމުޒާހަރާތަކުގައި ސަތޭކަ ފަންސާހެއްހާ މުޒާހަރާވެރިން ބައިވެރިވެފައިވާ ކަމުގައި ރޮއިޓާރސްއިން ބުނެއެވެ.
ސްޕެއިނު ސަރުކާރުން މަނާކޮށްފައިވަނިކޮށް 2017ވަނަ އަހަރު ކުރިއަށް ގެންދިޔަ ފެންނަ ނުފެންނަ ވޯޓުގެ ފަހުން، ވަކިވެގަތުމުގެ ހަރަކާތުގައި އިސްކޮށް އުޅުނު ފަރާތްތައް ސަރުކާރުން ހައްޔަރުކޮށްފައިވެއެވެ. އަދި އެވޯޓަށް ފަހު މިނިވަން ދައުލަތެއް އިޢުލާނުކުރި ނަމަވެސް އެދައުލަތެއް ވުޖޫދަށް އައިސްފައިނުވެއެވެ. ވަކިވެގަތުމަށް ހިންގާ ހަރަކާތްތައް މިހާ ހަމައަށް ކުރިއަށް ގެންގޮސްފައިވަނީ ޞުލްޙަވެރި ހަރަކާތްތަކެއްގެ ގޮތުގައެވެ. ނަމަވެސް އެންމެ ފަހުން ހައްޔަރުކުރެވުނު ފަރާތްތަކާއި ވަކިވެގަތުމުގެ ހަރަކާތުގައި އިސްކޮށް އުޅޭ ޖުމްހީރާ ދިފާޢުކުރާ ކޮމިޓީތަކާ ގުޅުން އޮންނަ ކަމުގައި ތުހުމަތުކުރެވޭ ކަމުގައިވެސް ރޮއިޓަރސްއިން ބުނެފައިވެއެވެ.
ކެޓަލާނުގެ މިނިވަންކަމާމެދު ފެންނަ ނުފެންނަ ގޮތެއް ކަނޑައެޅުމަށް ނެގި ވޯޓަކީ ސްޕެއިނުގެ ސިޔާސީ މަސްރަހު ހިސާރުކޮށްފައިވާ ހަރަކާތެކެވެ. އަދި ކެޓަލާނުގައި ވަކިވެގަތުމަށް މަސައްކަތްކުރާ ހަރަކާތް ދެބައިވެފައިވާ ކަމުގައިވެސް ރޮއިޓާރސްއިން ބުނެއެވެ. އެގޮތުން އެއްބައަކު ބޭނުންވަނީ ސްޕެއިނުގެ ސަރުކާރާއެކު ވާހަކަތައް ކުރިއަށް ގެންދިއުމަށް ކަމުގައިވާއިރު އަނެއްބައަކު ބޭނުންވަނީ މުޅިން އައު ފެންނަ ނުފެންނަ ވޯޓެއް ނެގުމަށެވެ.
މި ލިއުމާއި ގުޅޭ