ސަމޯއާއިން ފުރަތަމަ ފަހަރަށް ކޮވިޑު-19 ކޭސްއެއް ފެނިއްޖެ

މަރިޔަމް ލީނާ 19 ނޮވެމްބަރު 2020 20:22
Flowers

ޕެސިިފިކް ކަނޑުގައި އޮންނަ ޖަޒީރާ ޤައުމެއް ކަމަށްވާ ސަމޯއާއިން ފުރަތަމަ ފަހަރަށް ކޮވިޑު-19 ކޭސްއެއް ފެނިއްޖެއެވެ.

އެ ޤައުމުން ހާމަކޮށްފައިވާ ގޮތުގައި، ނިއުޒިލޭންޑުން އައި ބޯޓެއްގެ ފަޅުވެރިއަކު ވަނީ ކޮވިޑު-19 އަށް ޕޮޒިޓިވް ވެފައެވެ.

2 ލައްކައެއް ހާ މީހުންގެ އާބާދީ އޮންނަ ސަމޯއާއީ މީގެ ކުރިން ކޮވިޑު-19 ގެ އެއްވެސް ކޭސްއެއް ފެނިފައިނުވެއެވެ. ކޮވިޑަށް ޕޮޒިޓިވްވި ފަޅުވެރިޔާ ޕޮޒިޓިވްވިކަން އެނގުނީ ކަރަންޓީނު ފެސިލިޓީއެއްގައި ހުއްޓާކަމަށް ސަމޯއާގެ ބޮޑުވަޒީރު ޓުއިލަޕަ ސެއިލެލެ ވިދާޅުވެފައިވެއެވެ.

ޤައުމާއި މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ސައިލެލެ ވިދާޅުވީ ސަމޯއާ އަކީވެސް މިހާރު ކޮވިޑު-19 ފެނިފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެއް ކަމަށެވެ.

ޕޮޒިޓިވްވި މީހާ ދެވަނަ ފަހަރަށް ޓެސްޓުކޮށްފައިވާއިރު ދެވަނަ ޓެސްޓުން ވަނީ ނެގެޓިވް ވެފައެވެ. އެހެންނަމަވެސް އަދިވެސް އެމީހާ އޮތީ އައިސޮލޭޝަންގައެވެ.

ޕެސިފިކް ކަނޑުގެ ޖަޒީރާ ޤައުމުތަކުން މިހާރު ކޮވިޑު-19 ފެނިފައިވީނަމަވެސް އަދިވެސް އެއްވެސް ޤައުމެއްގައި ކޮމިއުނިޓީ ސްޕްރެޑެއް ނެތެވެ. 

ކިޔުންތެރިންގެ ހިޔާލު