Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ކޮވިޑު-19 ޖެހިގެން ރެކޯޑު އަދަދަކަށް މީހުން ދިއްލީގައި މަރުވެއްޖެ

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ކޮވިޑު-19 ޖެހިގެން ރެކޯޑު އަދަދަކަށް މީހުން އެއް ދުވަސްތެރޭގައި މަރުވެއްޖެއެވެ.
މިގޮތުން ބުދަ ދުވަހު އެ ސިޓީއިން 131 މީހުން ވަނީ މަރުވެފައެވެ. މިހާތަނަށް ދިއްލީގައި ކޮވިޑު-19 ޖެހިގެން 7943 މީހުން މަރުވެފައިވާއިރު އެ ސިޓީއަށް ވަނީ ކޮވިޑު-19 ގެ ތިންވަނަ ރާޅެއް އަރާފައެވެ.
އިންޑިއާގައި 4 ވަނައަށް އެންމެ ގިނަ މީހުންނަށް ކޮވިޑު-19 ޖެހިގެން މަރުވެފައިވަނީ ދިއްލީގައެވެ. އަދި މިހާރު އެ ސިޓީގައި ކޮވިޑު-19 ދަނީ ބާރަށް ފެތުރެމުންނެވެ. އެހެން ނަމަވެސް، ދިއްލީ ލޮކްޑައުން ނުކުރުމަށް ދިއްލީގެ ހެލްތު މިނިސްޓަރު ސަތިޔަންދަރު ޖައިން ވަނީ ނިންމާފައެވެ.
އޭނާ ވިދާޅުވި ގޮތުގައި ލޮކްޑައުންގެ ބަދަލުގައި މާސްކު އެޅުމުންވެސް އެއްކަހަލަ ފައިދާތަކެއް ލިބޭކަމަށެވެ.
އިންޑިއާގެ އެހެނިހެން ސްޓޭޓްތަކުގައިވެސް އަދިވެސް ކޮވިޑު-19 ދަނީ ފެތުރެމުންނެވެ.
މި ލިއުމާއި ގުޅޭ