Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

އަފްޣާނިސްތާނުގައި އޮސްޓްރޭލިއާ ސިފައިން ހަނގުރާމައިގެ ޖަރީމާތައް ހިންގިކަމުގެ ހެކި ލިބިއްޖެ

އޮސްޓްރޭލިއާގެ ސްޕެޝަލް ފޯސަސްގެ ސިފައިން އަފްޣާނިސްތާނުގައި ޤާނޫނާ ޚިލާފަށް 39 މީހަކު މަރާފައިވާ ކަމުގެ ހެކި އެ ޤައުމަށް ހޯދިފައިވާ ކަމުގައި، އަފްޣާނިސްތާނުގައި ހިންގި ކަމަށް ތުހުމަތުވާ ހަނގުރާމައިގެ ކުށްތަކާ ގުޅިގެން އޮސްޓްރޭލިއާއިން ހިންގި ތަހުގީގުން ނިންމައިފިއެވެ.
އޮސްޓްރޭލިއާއިން މި ތަހުގީގު ފަށާއިފައިވަނީ 2016 ވަނަ އަހަރު ތެރޭގައެވެ. އެ ތަހުގީގު ފެށީ ހަތިޔާރު ނެތް ޢާންމުންނާއި ކުޑަކުދިން މެރިކަމުގެ ތުހުމަތު އޮސްޓްރޭލިއާގެ އަސްކަރިއްޔާއަށް އަމާޒުވުމާ ގުޅިގެންނެވެ. އޮސްޓްރޭލިއާއިން އެންމެ ފުރަތަމަ މަސައްކަތްކުރީ މިފަދަ ތުހުމަތުތައް ހަންމަތަކޮށް ކޮންޓުރޯލުކުރުމަށެވެ.
މި ތަހުގީގަށް ހޯދުނު ހޯދުންތަކުގެ ތަފުސީލު ހާމަކުރައްވަމުން އޮސްޓްރޭލިއާގެ ދިފާޢީ ބާރުތަކުގެ ޗީފް، ޖެނެރަލް އަންގަސް ކޭމްޕްބެލް ވިދާޅުވީ، އޮސްޓްރޭލިއާގެ ސްޕެޝަލް ފޯސަސްގެ ބައެއް މެންބަރުން ގައިދީންނާއި، ދަނޑުވެރިންނާއި އެހެންވެސް މަދަނީން މަރާފައިވާކަމުގެ ހެކި ހޯދިފައިވާ ކަމުގައެވެ. އަދި ހިފަހެއްޓުމެއް ޝަރުޠެއް ނެތި އަފްޣާނިސްތާނުގެ ރައްޔިތުންގެ ކިބައިން މަޢާފަށް އެދިވަޑައިގަންނަވާ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
ކޭމްޕްބެލް އިތުރަށް ވިދަޅުވީ ޣައިރު ޤާނޫނީ ގޮތުގައި މީހުން މެރި ކަމުގެ ތުހުމަތުވާ 23 މައްސަލައެއް ފެންމަތިވެފައިވާ ކަމުގައެވެ. އަދި އަފްޣާނިސްތާނުގެ 39 މީހުން މަރާފައިވަނީ އޮސްޓްރޭލިއާގެ ސްޕެޝަލް ފޯސަސްއަށް ނިސްބަތްވާ 25 ސިފައިން ކަމުގައާއި އޭގެ ތެރޭގައި އެންމެ ގިނައީ ސްޕެޝަލް އެއަރ ސާވިސް ރެޖިމެންޓުގެ ސިފައިން ކަމަަށްވެސް އޭނާ ވިދާޅުވިއެވެ.
މި މައްސަލަތަކުގައި ތުހުމަތުވާ ބައެއް މީހުންނަކީ މިހާރުވެސް ސިފައިންގެ ޚިދުމަތުގައި ތިބި މީހުން ކަމަށާއި، އަނެއްބައި މީހުންނަކީ ސިފައިންގެ ޚިދުމަތް ދޫކޮށް އާންމު ދިރިއުޅުމަށް ބަދަލުވެފައިވާ މީހުން ކަމަށާއި، ތަހުގީގަށް ފާހަގަވި މައްސަލަތަކުގެ ތެރެއިން 23 މައްސަލައެއްގައި 19 މީހަކު ހިމެނޭ ގޮތަށް ޖިނާއީ ތަހުގީގު ހިންގަން ފުލުހުން ކިބައިން އެދިފައިވާ ކަމުގައި އަސްކަރިއްޔާއިން ބުންޏެވެ.
މި ލިއުމާއި ގުޅޭ