Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

އަޒަރުބައިޖާނަށް ސިފައިން ފޮނުވަން ތުރުކީގެ ޤާނޫނު ހަދާ މަޖިލީހުން ރުހުންދީފި

އަޒަރުބައިޖާނަށް ސިފައިން ފޮނުވުމަށް ތުރުކީގެ ޤާނޫނު ހަދާ މަޖިލީހުން އެ ޤައުމުގެ ސަރުކާރަށް ރުހުން ދީފިއެވެ.
އަޒަރުބައިޖާނަށް ތުރުކީ ސިފައިން ފޮނުވަން ހަމަޖެހިފައިވަނީ ސުލްހަ ބަލަހައްޓާ ފައުޖެއްގެ ގޮތުގައެވެ. ދާދިފަހުން އަޒަރުބައިޖާނުން ވަނީ، އެ ޤައުމުގެ ސަރަހައްދެއްކަމަށްވާ ނަގޯނޯ ކަރަބަކް އަރްމޭނިއާގެ އަތްދަށުން ސަލާމަތްކޮށްފައެވެ. އަދި ރަޝިޔާ އިސްވެ އޮވެ އެކުލަވާލި ސުލްހައިގެ އެއްބަސްވުމުގެ ދަށުން، ނަގޯނޯ ކަރަބަކްގެ ބައެއް ސަރަހައްދުތަކުގައި ތުރުކީ އަދި ރަޝިޔާ ސިފައިން ސުލްހަ ބަލަހައްޓަން ހަރަކާތްތެރިވާނެއެވެ.
ތުރުކީގެ ބަރުލަމާނުން ވަނީ 1 އަހަރު ވަންދެން އަޒަރުބައިޖާނަށް ސިފައިން ފޮނުވުމަށް ރުހުން ދީފައެވެ. އަދި ފޮނުވާނެ ސިފައިންގެ އަދަދު ކަނޑައަޅާނީ ތުރުކީގެ ރައީސް އެެވެ. ތުރުކީ އާއި ރަޝިޔާ ގުޅިގެން އަޒަރުބައިޖާނުގައި މޮނިޓަރިން ސެންޓަރެއްވެސް ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ.
ނަގޯނޯ ކަރަބަކް ސަރަހައްދަށް އަރްމޭނިއާ އިން ވެރިވެފައިވަނީ 1990ގެ ކުރީކޮޅުގައެވެ. އޭރު އަޒަރުބައިޖާންއާއި އަރްމޭނިއާ ވަރުގަދަ ހަނގުރާމައެއްކޮށް ރަޝިޔާ މެދުވެރިވެގެން ހަމަލާ ބަދަލުކުރުން ހުއްޓާލިއެވެ. އެފަހުންވެސް ދޭތެރެދޭތެރެއިން ހަމަލާ ބަދަލުކުރުމަށްފަހު މިދިޔަ ސެޕްޓެމްބަރު މަހު ހިނގައިދިޔަ ކުރިމަތިލުންތަކުގައި އަޒަރުބައިޖާނުން ވަނީ ނަގޯނޯ ކަރަބަކް ސަރަހައްދު އެއްކޮށް ހިފާފައެވެ.
މި ލިއުމާއި ގުޅޭ