Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

މީގެ 28 އަހަރުކުރިން އަރްމޭނިއާ އިން ހިފި ސިޓީއެއް އަޒަރުބައިޖާނުން މިނިވަންކޮށްފި

މީގެ 28 އަހަރު ކުރިން އަރްމޭނިއާ އިން ހިފި އަޒަރުބައިޖާނުގެ ސިޓީއެއް ކަމަށްވާ ޝޫޝާ، އަޒަރުބައިޖާނުން މިނިވަންކޮށްފިއެވެ.
އަޒަރުބައިޖާންގެ ރައީސް އިލްހާމް އަލިއެވް މިއަދު އިއުލާންކުރެއްވި ގޮތުގައި ޝޫޝާ ސިޓީ މިހާރު ވަނީ މިނިވަންކުރެވިފައެވެ. އަދި 8 ނޮވެމްބަރު 2020 އަކީ އަޒަރުބައިޖާންގެ ތާރީހުގައި މުހިންމު ދުވަހެއްގެ ގޮތުގައި ލިޔެވިގެން ދާނެ ދުވަހެއް ކަމަށް އަލިއެވް ވިދާޅުވިއެވެ.
"28 އަހަރުފަހުން ބަންގީގެ އަޑު ޝޫޝާ އިން އިވޭނެ" އިލްހާމް އަލިއެވް ވިދާޅުވިއެވެ.
ޝޫޝާ ސިޓީއަކީ ނަގޯނޯ ކަރަބަކް ސަރަހައްދުގައި އޮންނަ ސިޓީއެކެވެ. ސޯވިއެޓް ޔުނިއަން އުވި ދިޔުމާއި އެކު އެ ސަރަހައްދުގައި އުޅޭ އަރްމޭނިއާ ނަސްލުގެ މީހުންވަނީ އަރްމޭނިއާ އާއި ރަޝިޔާގެ އެހީއާއި އެކު އެ ސަރަހައްދުގައި ވަކި ދައުލަތެއް އިއުލާންކޮށްފައެވެ. އަދި އޭރު އަޒަރުބައިޖާން އާއި އަރްމޭނިއާ އާއި ދެމެދު ވަރުގަދަ ހަނގުރާމައެއް ކުރެވުނެވެ.
އެފަހުން ހަމަލާ ބަދަލުކުރުން ހުއްޓާލާފައި ވީނަމަވެސް ދެ ޤައުމުގެ ދެމެދުގައި މަދުމަދުން ހަމަލާ ބަދަލުކުރެވެއެވެ. އޭގެ ފަހުުން 27 ސެޕްޓެމްބަރުގައި ހަމަލާ ބަދަލުކުރަން ފެށިގޮތަށް އަޒަރުބައިޖާނުން ވަނީ ނަގޯނޯ ކަރަބަކްގެ ވަރަށް ގިނަ ސަރަހައްދުތައް މިނިވަންކޮށްފައެވެ. މިގޮތުން މިހާތަނަށް 200 އެއްހާ އަވަށްތަކާއި ސިޓީތައް ވަނީ އަޒަރުބައިޖާނުގެ ބާރުގެ ދަށަށް ގެނެސްފައެވެ.
ޝޫޝާ މިނިވަން ކުރުމަކީ އަޒަރުބައިޖާންގެ ރައްޔިތުން ވަރަށް ގިނަ ދުވަހުއްސުރެ ދެކޭ ހުވަފެނެކެވެ. އަޒަރުބައިޖާނަށް ނިސްބަތްވާ ވަރަށް ގިނަ އަދީބުންނާއި، ލަވަ ކިޔުންތެރިންނާއި، ލިޔުންތެރިންނަކީ ޝޫޝާއަށް އުފަން މީހުންނެވެ.
މި ލިއުމާއި ގުޅޭ